
ޑރ. ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް މިނިސްޓަރުން ޖަވާބު ދެއްވެމަށް ބާއްވާ އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޒަކާތަށް މީހުން ހޭލުންތަރިކަން އިތުރުކުރަން ކުރާ މަސައްކަތުން ވަރަށް ބޮޑު ނަތީޖާއެއް ފެންނަމުން އަންނަކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ ރައްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ޒަކާތުގެ ގޮތުގައި ފާއިސާ ލިބުނު އަހަރަކަށް މިދިޔަ އަހަރުވެގެން ދިޔުމެވެ. މިދިޔަ އަހަރުހެ މުދަލު ޒަކާތުގެ ގޮތުގައި 101.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޑރ ޝަހީމް ވިދާޅުވީ މިހާ ގިނަ އަދަދަކަށް ޒަކާތުގެ ފައިސާ ލިބުމުން އޭގެ ނަތީޖާ ވަރަށްވެސް ހެޔޮކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތު ފަނޑުން މިދޔަ އަހަރު ބޯން މެރޯ ހެދުމަށް ބޭނުންވާ ކުދިންނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ޑރ ޝަހީމް ވިދާޅުވީ ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އޮތް އިތުބާރު ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ގާނޫނީ ރައްކާތެރިކަމެއް ހޯދުމަށް ޒަކާތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތުގެ ގާނޫނުެއް ބޭނުންވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ތަނަސްވަސްކަމުގެ އަހުލުވެރިން ޒަކާތު ދެއްކުމަށް މިނިސްޓަރު ޝަހީމް ވަނީ ގޮވާލައްވާފައެވެ. މި އަަހަރުގެ ފުރަތަމަ މަހު މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.
ޒަކާތު ހައުސްގެ އުފައްދާފައި އިފްތިތާހުކޮށްފައިވަނީ ޑިސެމްބަރު 18، 2023 ގައެވެ.