އެ މިނިސްޓްރީން ބުނީ މަސްޖިދުލް މަލިކި ސަލްމާންގެ އިމާމުންގެ ގޮތުގައި ތަރާވީހާއި ދަމު ނަމާދުކުރާނީ އަލްހާފިޒް އާދަމް މިޝްއަލް ޝާމިން އާއި އަލްހާފިޒް މުހައްމަދު މިޝްއަލް އާޒިމާއި އަލްހާފިޒް އަބްދުﷲ އަހްސަން ސައީދުކަމަށެވެ.
މި ތިން އިމާމުގެ ތެރެއިން އަލްހާފިޒް އާދަމް މިޝްއަލް ޝާމިން ވަނީ މދިޔަ ރޯދަމަހުވެސް ސަލްމާން މިސްކިތުގައި އިމާމްވެ ތަރާވީސް ކޮށްފައެވެ.
މިއަހަރު ރޯދަމަހު އިސްލާމީ މަރުކަޒުގައިވެސް އިމާމްވެ ތަރާވީހާއި ދަމު ނަމާދުކުރަނީ ޒުވާން ޓީމެކެވެ. ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ވަނީ ފަށާފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން 100 ވުރެ ގިނަ ޒުވާން ހަތީބުން ވަނީ ތަމްރީނުކޮށް މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރަން ފަށާފައެވެ.