
އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަ މަހަށް އާންމުކޮށް ބޭނުން ކުރާ އަސާސީ ބާވަތްތަކުގެ އަގު ބޮޑު ވެއްޖެ ނަމަ އެ ބާވަތްތައް ކަނޑައެޅުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އިންޓަވީން ކުރާނެ ކަަމަށެވެ. އަދި އަސާސީ ބާވަތްތަކުގެ ތަކެތީގެ އަގުތައް ސްޓެބިލައިޒް ކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ތައާރަފް ކުރާ އޮންލައިން ޕްލެޓްފޯމްގެ އަގުތަކަކީ މިނިސްޓްރީގެ ފަރާތުން އަސާސީ ކާބޯތަކެތީގެ އަގު މޮނިޓާ ކުރުމަށް ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާ އިންސްޕެކްޝަން ދަށުން އެއްކުރާ މައުލޫމާތު ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
މި އޮންލައިން ޕްލެޓްފޯމް ޑިވެލޮޕް ކުރަމުންދާއިރު އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަ މަހުތެރޭ ރައްޔިތުންނަށް ފަސޭހަކަަމާއެކު އެއް ތަނަކުން ކާބޯތަކެތި ފޯރުކޮށް ދިނުމަށް ގްރޭޓާ މާޅޭ ސަރަހައްދުގައި ވަގުތި މާކޭޓްތަކެއް ހެދުމަށް ވެސް ނިންމާފައިވާކަމަަށެވެ.
މަޝްވަރާތައް ކުރިއަށްދާއިރު މި ވަގުތީ މާކެޓްތައް މާލޭގެ އެކި ސަރަހައްދުތައް އަދި ހުޅުމާލޭ ފޭސް 1 އާއި 2 ގައި ބަހައްޓާނެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ އަތޮޅުތަކުގައި ވެސް އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އަތޮޅުތެރޭ ގާއިމްކޮށްފައި ހުންނަ 13 ފިހާރައެއްގެ ސްޓޮކް ބަލަހައްޓަމުންދާނެ ކަމަށެވެ.