ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް - ފޮޓޯ: މުހައްމަދު ޝަރުހާން
ޔޫތް މިނިސްޓަރު މަހްލޫފް ހޯމް އައިސޮލޭޝަންގައި
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އަމިއްލަ އަށް އިސްނަންގަވައިގެން ހޯމް އައިސޮލޭޝަނަށް ގޮސްފި އެވެ.

މިނިސްޓަރު މަހްލޫފް ހޯމް އައިސޮލޭޝަނަށް ގޮސްފައި މިވަނީ އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓީވްވުމާއި ގުޅިގެންނެވެ. 

މިނިސްޓަރު މަހްލޫފް ވަނީ ހޮނިހިރި ދުވަހުން ފެށިގެން ޔޫތް މިނިސްޓްރީގެ ވޮލިންޓިއަރުންނާއި އެކު އިހްސާން ފިހާރައާއި އިތުރު ފިހާރަތަކުގެ ޑެލިވަރީތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. 

އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ހާމަކޮށް އެފިހާރައިން އެފިހާރައިގެ ދެ މުވައްޒަފުން ބައްޔަށް ޕޮޒިޓިވް ވިކަން އެންގުމުން ވޮލިންޓިއާ މަސައްކަތް ހުއްޓާލުމަށް ފަހު ގޭގައި މަޑުކުރަން އަންގާފައި ވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. 

މިއަދު އިހްސާން ފިހާރައިގެ ދެ މުވައްޒަފުންނާއި އެކު ޖުމްލަ 15 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު މުޅީ ރާއްޖެއިން އިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 67 ކަށް އަރާފައި ވާއިރު މާލެ އިން އެކަނި 47 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 24 ބިދޭސީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް