ads
ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓުގައި ނޭޕާލާއި ބަންގްލަދޭޝުން ރާއްޖެ އައި ދިވެހިން-- ފޮޓޯ: ފޮރިން މިނިސްޓްރީ
ބަންގްލަދޭޝާއި ނޭޕާލުގައި ތިބި 71 ދިވެހިން ރާއްޖެ ގެނެސްފި
ބަންގްލަދޭޝާއި ނޭޕާލުގައި ތިބި 71 ދިވެހިން މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެ ގެނެސްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ނޭޕާލާއި ބަންގްލަދޭޝުން ރާއްޖެ އައި ދިވެހިންނަށް މަރުހަބާ ދަންނަވާފަ އެވެ. 

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން އާއި އެގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހްމަދަށް ވެސް ޝުކުރު ދަންނަވާފަ އެވެ. 

އެ ދެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނެސްފައި ވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. އެއީ ނޭޕާލުގައި ތިބި ދިވެހި 18 ކިޔަވާ ކުދިންނާއި ބަންގަލަދޭޝުން 53 ދިވެހި ކިޔަވާ ކުދިންނެވެ. 

އޭގެ އިތުރުން ބަންގްލަދޭޝްގެ މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމެއް ވެސް އެ ފްލައިޓުގައި ވަނީ ރާއްޖެއަށް އެހީވުމަށް އައިސްފަ އެވެ. 

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއް ވެސް ދަނީ 100 ޓަނުގެ އެހީ ހިފައިގެން ރާއްޖެއަށް ދަތުރު ކުރަމުންނެވެ. 

މިއަދު އައި އަސްކަރީ ފްލައިޓް ރާއްޖެއިން ފުރާނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 70 މީހުން ގޮވައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް