ads
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ:ހައިކޯޓު
ޑީޕޯޓްކޮށްލި ލަންކާ މީހާގެ މައްސަލަ ހައިކޯޓުން ރިޖެކްޓް
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޑީޕޯޓް ކުރި ލަންކާގެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.
Advertisement

ގެވެށި އަނިޔާވެސް ހިމެނޭ މައްސަލައެއްގައި ޑީޕޯޓްކޮށްފައިވާ ދިވެއްސަކާ އިނދެގެން އުޅުނު ލަންކާ މީހަކަށް އަލުން އެނބުރި ރާއްޖެ އައުމަށް ހުރަސްތަކެއް އޭނާއަށްވަނީ ކުރިމަތިވެފައެވެ. އޭނާ ޑީޕޯޓްކޮށްފައިވާ ލަންކާ މީހަކަށް ރާއްޖެ އައުމުގައި ހުރަސްތަކެއް ކުރިމަތިވީކަން ހާމަވީ، އިމިގްރޭޝަނުން އެ މީހާ ޑީޕޯޓް ކޮށްލި ކޮށްލުން ބާތިލު ކުރަން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިންނެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމީ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ލަންކާ މީހާ ޑީޕޯޓް ކުރަން އިމިގްރޭޝަނުން ނިންމި ނިންމުން ބާތިލުކޮށް ވަގުތީ އަމުރެއް ނެރެން ކޯޓުގައި އެ މީހާ އެދުނު ނަމަވެސް އެ އަމުރު ކޯޓުން ނެރެދީފައެއް ނުވެ އެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ނިންމީ ބަލައިނުގަންނާށެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް ސްރީލަންކާއަށް ކުރެއްވި ދަތުރުގެ ތެރެއިން، އެ ބޭފުޅާ މަރައިލަފާނެ ކަމަށް ބުނެ ލަންކާ މީހަކު ނުސީދާ މަރުގެ އިންޒާރުތަކެއް ދީފައިވާއިރު، އެއީ މި މީހާކަމަށްވަނީ ރިޕޯޓްތައް ފެތުރިފައެވެ.

ދިވެއްސަކާ އިނދެގެން މި ލަންކާ މީހާއަށްވަނީ ދަރިއަކު ލިބިފައެވެ. ދަރި ރަޖިސްޓްރީ ކޮށްފައިވަނީ ރާއްޖޭގައި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. މި ދެމަފިރިން މިދިޔަ ފެބްރުއަރީގައި ވަރިވީ ފަހުން، ލަންކާ މީހާއަށް އޮތް މެރިއޭޖް ވިސާވަނީ ކެންސަލް ވެފައެވެ. ކައިވެނި ރޫޅުނު ފަހުން ލަންކާ މީހާގެ މައްޗަށް ރައްކާތެރިކަމުގެ އަވަސް އަމުރެއް ފެމިލީ ކޯޓުންވަނީ ނެރެފަ އެވެ.

މި މައްސަލައިގައި ލަންކާ މީހާ ކޯޓުގައި އެދުނީ ޓޫރިސްޓް ވިސާގައި އޭނާއަށް ރާއްޖޭ އާދެވޭނެ ކަމާއި، އިތުރު އުނދަގުލަކާ ނުލައި އެންޓްރެންސް ސްޓޭމްޕް ޖަހައިދީ ރާއްޖެއަށް އައުމުގެ ހުއްދަ ދިނުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ އިމިގްރޭޝަނުން އޭނާގެ ވިސާ ބާތިލުކޮށްފައި ވަނީ އޭނާ ޑީޕޯޓް ކޮށްލިކަން ނުވަތަ ބްލެކްލިސްޓު ކުރިކަން އޭނާއަށް ނާންގާ ކަމަށެވެ. އެހެންނަމަވެސް އޭނާ އެދުނު އަމުރު އަދި މި ވަގުތަށް ނެރެވެން ނެތް ކަމަށް ކޯޓުން ނިންމީ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް