ads
ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާ؛ ފޮޓޯ : އަދަދު
ހަންކެޑަ ބްރިޖުގައި އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެ
ހަންކެޑަ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެއެވެ.
Advertisement

މި އެކްސިޑެންޓްގައި މަރުވެފައިވަނީ ގ. ނައިޓް ޑްރީމް އުމުރުން 24 އަހަރުގެ ލީވާން އަންދުއް ސައްތާރެވެ. 

މި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ މަރުވެފައިވަނީ އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެެއްގެ ތެރޭގައެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި މަރަދޫއިން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލްނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ. 

އެނގިފައިވާ މި ހާދިސާގައި މަރުވި ޒުވާނަކީ އައްޑޫ ސިޓީގައި އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ބާއްވާ މުބާރާތެއްގައި ބައިވެރިވާން ގޮސް އުޅޭ ޒުވާނެކެވެ. 

މި މުބާރަތައް ފަރިތަކުރަމުން ދިޔަ އުމުރުން 18 އަހަރުގެ ޒުވާނަކުވެސް އެކްސިޑެންޓްވެ އެޒުވާނާ މާލެ ގެނެސް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް