
ގައުމީ އެއާލައިނަށް އޭ-330 އެއާކްރާފްޓެއް ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. މި އެއާކްރާފްޓުގައި ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރެއެވެ. އަދި އޭ-330ގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖެއްސީ އިއްޔެ މެންދުރު ފަހެވެ.
ކޮޗިން އާއި ޓްރިވަންޑްރަމަށް މި ބޯޓު ދަތުރުކުރަން ފެށިއިރު މިއީ ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ދެ ސިޓީ އެވެ.
މީގެ ކުރިން ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓުގަ އެވެ.
މޯލްޑިވިއަންއިން އަންނަނީ އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަށް ވެސް މަސައްކަތްކުރަމުންނެވެ. އެ ބޯޓާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.
ވައިޑްބޮޑީ ދެ އެއާކްރާފްޓެއް ގެނެސްގެން ގައުމީ އެއާލައިނުން ހިދުމަތް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.