ads
އައިޓީބީ ފެއާއަށް ދިޔަ ރާއްޖޭގެ ވަފުދު
އައިޓީބީ ބާލިން 2025: ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް 89 ކުންފުނީގެ 200 މަންދޫބުން
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލުކުރާ 200 މަންދޫބުންގެ ވަފުދަކާއެކު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އައިޓީބީ ބާލިން 2025ގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

އެމްއެމްޕީއާރުސީން މައުލޫމާތު ދިންގޮތުގައި، މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ޓޫރިޒަމްގައި ރާއްޖެއިން ހޯދާފައިވާ މަތީ މަގާމު ދެމެހެއްޓުމާއި، ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން، އެ ފެއާގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓުތަކާއި އެހެނިހެން ގައުމުތަކުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާ ގުޅުން ބަދަހިވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޓޫރިޒަމްގެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް 504 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއް ވަނީ ފަރުމާކޮށްފައެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ މުހިންމު މައުލޫމާތު ހިމެނޭ ލީފްލެޓް ބެހުމާއި މީޑިއާ އިންޓަވިއުތައް ދިނުން ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ހާމަކޮށްފައެވެ. އަދި "ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން" ގެ ނަމުގައި ހާއްސަ ސެމިނާއެއް ވެސް ބާއްވާފައިވެއެވެ.

މި ފެއާގެ ތެރެއިން ކުރިއަށް ގެންދިޔަ ވަން-އޮން-ވަން ބައްދަލުވުންތަކުގެ ސަބަބުން ދާއިރާގެ ފަރާތްތަކަށް ލިވްއަބޯޑާއި ޑައިވިން އެކްސްޕީރިއެންސް އާއި ލަގްޒަރީ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި އާއިލީ ޗުއްޓީ ފަދަ ވަކިވަކި އުފެއްދުންތަކާއި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ލަގްޒަރީ މާކެޓް ސެގްމަންޓަށް ހަރުދަނާކޮށް ޓާގެޓް ކުރުމުގެ ސަބަބުން ކަނެކްޓިވިޓީ އިތުރަށް ރަނގަޅުވެ، ޖަރުމަނާއި ސްވިޒަލޭންޑް އަދި އޮސްޓްރިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

އައިޓީބީ ފެއާގައި ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެންމެ ރައްކާތެރި އަދި އެންމެ ގިނައިން ޗުއްޓީ ހޭދަކުރުމަށް ދާން ބޭނުންވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓި، ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެ، ރާއްޖޭގެ ބައިނަލްއަގުވާމީ ޓޫރިޒަމްގެ ފުޓްޕްރިންޓް ހަރުދަނާވާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް