ads
އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް، ޑރ. އަލީ ލަތީފް، އަދި އައިޖީއެމްއެޗް ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހްސިން
ކޮވިޑް ޕީސީއާރު ކޮރަޕްޝަން، އަލުން މައްސަލަ ބަލަނީ
ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީ ބޭނުންކޮށްގެން އެ ތަނުގެ އޭރުގެ އިސްވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އިތުރު ތަހުގީގެއް އަލުން ފަށައިފިއެވެ.
Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް އަންގަވައިގެން އަލުން ފެށި ތަހުގީގު ހިންގަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ  ފުލުހުން ގުޅިގެން ހިންގާ "ޖޮއިންޓް އިންވެސްޓިގޭޝަން" ގެ ގޮތުގައެވެ. 

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްްގައި ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ ހިޔާނާތުގެ މައްސަލަ ބަލާ ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ)ގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ވަނީ މިިދިޔަ އަހަރުގެ އޮގަސްޓްމަހު ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވާފައެވެ. މީގެއިތުރުން އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ އެދިފައެވެ.

އޭސީސީން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ކޮށްދިނުމަށެވެ.

އޭސީސީން ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ތިން މީހުން ނާޖާއިޒު މަންފާ ހޯދައިދީފައި ވަނީ އާރުއެމްއެލްއެސް ލެބް ސާވިސަސް އަށެވެ. އެ ކުންފުނި މެދުވެރިކޮށް އަލީ ލަތީފު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފުލުހުންނަށް ވެސް ވަނީ ފޮނުވާފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް