ads
ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއް - ފޮޓޯ:ރައީސް އޮފީސް
އުވާލަން ނިންމި އެގްރޯނެޓް އަލުން ހިންގަން ނިންމައިފި
ސަރުކާރުން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން އުވާލަން ނިންމި އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން ކެބިނެޓުން ނިންމައިފިއެވެ.
Advertisement

ވަކި ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިދިޔަ   އެމްޑީޕީގެ ވަރިކަމުގައި އެގްރޯނެޓް އުފެއްދީ  2020 ގައެވެ. އެ ކުންފުނި އުވާލަން ނިންމާ މި ސަރުކާރުން އެކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. 

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ވިލަރެސްކޮށް، އަމާޒުތައް ކަނޑައަޅާގޮތަށް އެގްރޯނެޓްގެ މަސައްކަތްތައް އަލުންފެށުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމައިފައިވާ ކަމަށެވެ.

އެގްރޯނެޓް އަލުން ހިންގަން ކެބިނެޓަށް ހުށަހެޅުއްވީ ރައީސް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

ކެބިނެޓުން ނިންމީ އެގްރޯނެޓަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެމަށް ކަމަށް ދަނޑުވެރިކަމާއި ބެހޭ މިިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް