
އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ވިޒިޓް މޯލްޑިވްސް" އިން ލިވަޕޫލާ އެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ އެކި ގައުމުތަކަށް އިތުރުވެ، ޓޫރިސޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިގޮތުން މި މެޗުގައި އެންޕީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާރޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދާއްކާލުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެމްޕީރްސީއިން ބުންޏެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސްގައި ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް ބުންޏެވެ. މީގެ އިތުރުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެއް ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާއިރު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 ގިނަ މިލިޔަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ.
އެމްއެމްޕީރްސީއިން ބުނީ އެންޕީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑިން ނިޝާން ފެންނަން ހުންނާނެކަމަށެވެ. މީގެ އިތުރުން އެލްއެފްސީގެ އެކި މަންސަތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެމްއެމްޕީއާރްސިން ވިދާޅުވީ ރާއްޖޭގައި ލިވަރޕޫލް އެކަޑަމީއެއް ގާއިމްކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޓެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނެ އެވެ.
އަދި ޕްރިމިއަރ ބްރޭންޑިން ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިޔަނަށް ވުރެއް މައްޗައް އަރާކަމަށާއި އަހަރެއްގެ މައްޗައް 17 މިލިޔަން ޑޮލަރައް ވުރެއް މަތީގައި މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވޭކަމަށް ވިދާޅުވި އެވެ.
އެލްއެފްސީގެ ބައިނަލްއަގްވާމީ ނުފޫޒުގެ ބޭނުން ހިފައި ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިހްތިޔާރުކުރުމަށް ހިތްވަރު ދިނުން ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ލިވަޕޫލުން ބުނީ އެ ކްލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ރާއްޖޭގެ އިޝްތިހާރު ފެންނަ މިންވަރު އިތުރުކުރާނޭ ކަމަށެވެ. އަދި މި ޕްލެޓްފޯމްތަކުގައި ދުނިޔޭގެ 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބޭއިރު، ވޭތުވެދިޔަ ސީޒަންގައި އެކަނި ގާތްގަނޑަކަށް 12 ބިލިއަން ވިއުސް، އަދި 1.5 ބިލިއަން ފޭން އެންގޭޖްމަންޓް ރެކޯޑުކުރެވުނު ކަމަށް ބުންޏެވެ. މިއީ ޕްރިމިއާ ލީގުގެ ކްލަބަކަށް ލިބުނު އެންމެ މަތީ އަދަދެވެ.
ލިވަޕޫލަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓުބޯޅަ ކްލަބެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ވޭތުވެދިޔަ ސީޒަންގައި ޖުމްލަ 471 މިލިއަން މީހުން އެ ކްލަބުގެ މެޗުތައް ބެލިއިރު، މި ޓްރެންޑް މި ސީޒަންގައި ވެސް އެ ކްލަބުން ދަމަހައްޓަ އެވެ.