ads
ސިއްރު - 45 ވަނަ ބައި
އެޕިސޯޑް 45
Advertisement

އިއްޔެގެ އަދަދު

އަހަރެންގެ އާއިލާއަކީވެސް، އަހަރެންގެ އުފަލަކީވެސް އަދި  އަހަރެންގެ ދިރިއުޅުމަކީވެސް އަހަރެންގެ އެކުވެރިންނެވެ. އެމީހުންނާއި ނުލައި އަހަރެންގެ ހަޔާތުގައި ދިރުމެއް ނުވެ އެވެ. އަހަރެންގެ ހިތުގެ ކާނާއަކީ އަހަރެންގެ ލޯތްބެވެ. އީތަންއަކީ އަހަރެންގެ ފުރާނަ އެވެ. މި ލޯތްބަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ އެވެ. 

"އެކަމަކު އަހަރެންގެ އެ ގަމާރު، އެކުވެރިޔާއަށް އެކަށްޗެއްވެސް ނުވިސްނޭ..! ރެއާއި ދުވާލު އެ ހުސްކުރަނީ ޝަކުވާއާއި ނުރުހުމާއި ނަފްރަތުގައި.. އަހަރެންގެ މޮޔަ އެކުވެރިޔާއަށް ހީކުރެވެނީ އޭނާ، އިންތިހާއަށް އޭނާގެ ރިދީއަށް ނަފްރަތުކުރާކަމަށް.. ނިމުމެއް ނެތް އެ ޝަކުވާގައި، ނިދިން މަހުރޫމްވެގެން 'ޑިޕްރެސް ވެފަ' އެ އިންނަނީ ރިދީ އޭނާ ދޫކޮށްލާފައި ދިޔައީތީވެ.. އޭނާގެ ދިފާއުގައި ބަސް ބުނަން ފުރުސަތެއް ނުދީ ރިދީ ދިޔައީތީ..! އެއީ ނިމުން ނެތް ޝަކުވާއެއް!" ތަފާތު އިހްސާސެއްގައި ކާމިލް ބުންޏެވެ. އަހަރެންގެ ހިނިތުންވުން ފިލައިގެން ދާން ހިނދުކޮޅެއްވެސް ނުނެގި އެވެ.

"ދޮގެއް ނޫން ދޯ އީތަން އެބުނަނީ.. އަހަރުމެންގެ ލޯތްބަށް ތޫފާނެއް އައިސް، އިމްތިހާނަށް ކުރިމަތިލާންޖެހުނު ވަގުތު ފިނޑިއެއް ފަދައިން އަހަރެން ފިލީ.. އަހަރެންގެ ނަޒަރުގައި ހަގީގަތަކީ، ވުޖޫދުގައި އަހަންނަށްޓަކައި ނެތް އެއްޗެއް..! އިތުބާރެއް ނެތް ގުޅުމެއްގައި ލޯބީގެ ވިންދެއް ނުޖަހާނެ.. އީތަންއަށް އަހަރެން އެންމެ އިތުބާރު ކުރަންޖެހުނު ވަގުތު އަހަރެން ފުރަގަސްދިނީ، މި ލޯތްބަށް އިހްތިރާމް ނުކުރާތީ..! އީތަންގެ ޝަކުވާގައި ބުރަދަން އެބަހުރި އިންތިހާއަށް.. ހިނގާދިޔަ ކަންކަމުގެ ހަގީގަތަކީ ކޮބައިތޯ އެންމެ ފަހަރަކު އަހަރެން ސުވާލުކޮށްލިނަމަވެސް އަހަރުމެންގެ މި ގުޅުން މިހާލަތަށް ނުދިޔައީސް.. އަހަރެން އީތަންއަށް އިތުބާރުކުރަންޖެހޭ..! އަހަރެން އީތަންއަށް އިންތިޒާރުވެސް ކުރަންޖެހޭނެ.. އެކަމަކު... އެކަމަކު އަހަރެންގެ އަމިއްލަ ހާލަތާއިގެން އަހަރެން ފުރައިގެން ދިޔައީ.. އަހަރެންނަށް އީތަން ނަފްރަތުކުރުން ހައްގު އެތައް ސަބަބެއް އެބައޮތް.. އަހަރެންގެ ކުށަށް އަހަރެން އިއުތިރާފްވަން.." އިހްސާސްތަކުގެ ތެރެއިން ރޮވިއްޖެ އެވެ.

ގިސްލެވިއްޖެ އެވެ. އަހަރެންގެ ހަޔާތަށް މިއައީ ކޮންފަދަ ރޯޅިއެއް ހެއްޔެވެ؟ ރެއާއި ހަމައަށް އަހަރެން އިލްޒޒާމް އެޅުވީ އީތަންގެ ބޮލުގަ އެވެ. އަހަރެން ކުރިމަތީގައި ކުށްވެރިޔަކީ އީތަން އެވެ. އެކަމަކު ފަރުދާގެ ފުރަގަހުން ހަގީގަތް ނެރެ، ހާމަވިއިރު ކުށްވެރިޔަކީ އަހަންނެވެ. އީތަންގެ ކުށެށް ނެތެވެ.

"ނޫން ރިދީ..! އޭރުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި.. ފެންނަ މަންޒަރަށް ލޯ ފަރިތަވާ ފަދައިން، އެކަންކަމާއި އެމަންޒަރުތައް އިންސާނުންނަށް ފަސޭހައިން ގަބޫލުކުރެވުމަކީ ދުނިޔޭގެ އާދަ.. އީތަން، ރިދީއަށް ބޭވަފާތެރި ވަމުންދިޔައީ އަހަރުމެން އެންމެންގެ ލޯކުރިމަތީގައި.. ރިދީގެ އިތުބާރު ހާސިލްކުރަން އީތަން އެއްވެސް މަސައްކަތެއް، ދުވަހަކުވެސް ނުކުރޭ.. އީތަން ކުރަމުންދިޔަ ކަންކަމުގައި ފޮރުވިފައި ހަގީގަތެއް އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް އަހަރުމެން އެކަކަށްވެސް ނޭގެ..! ރިދީ ގަބޫލުކުރީ ރިދީގެ އަމިއްލަ ލޮލުން ދެކިފައިވާ ކަންކަން.. މީގައި ރިދީގެ ކުށެށް ނެތް.." ހިނިތުންވާން މަސައްކަތްކުރަމުން ކާމިލްގެ ނިންމުން ބުނެލި އެވެ.

"ދެން ކުށްވެރިޔަކީ ކާކު..؟ މިކަމުގައި ޒިންމާ ނަގަންޖެހެނީ ކާކު؟" މަޑުމަޑުން އަހަރެން ސުވާލުކޮށްލީމެވެ.

"ޑެސްޓިނީ..! މިއީ ތަގުދީރުގެ ނިޔާ..! މީގައި ތި ދެމީހުންކުރެ އެކަކުވެސް ޒިންމާވާކަށް ނުޖެހޭ.. ތަގުދީރުގެ ނިޔާގައި ލައްވާފައިވާ އިމްތިހާނުން ދެމީހުން އިބްރަތް ލިބިގަންނަންޖެހޭނެ.. ކުށްލިޔަކަށް ހުރިހައި ކަމެއްގެ ހަގީގަތް އެނގި ހާމަވީތީ، ކަންކަން މާ އަވަސްއަރުވާލުން އެއީ އެންމެ ރަގަޅުގޮތަށް ނުވެދާނެ.. ހަމަޖެހިލާ..! ކަންކަމާމެދު ވިސްނާލާ..! ދެމީހުން އެކަކު އެނެކަކަށް ދޭންޖެހޭ ވަގުތަށް ފުރުސަތުދީ.. އިހްސާސްތައް އުފެދި، އޭގައި މޫލާނެ ވަގުތު ދެމީހުންގެ ގުޅުމަށް ވަރަށް މުހިއްމު.. ގެއްލިފައިވާ އިތުބާރުގެ މަތީގައި މުޅިން އައު ބިންގަލެއް އަޅައި، ފުރަތަފަ ފަށަންޖެހޭ ހިސާބުން ހޯދާ..! އަހަރެން މިބުނަނީ، ފުރަތަ ރަހްމަތްތެރިކަމުން ފަށާށޭ.. އެއަށްފަހު ލޯބީގެ އިމާރާތް އާރާސްތުކޮށް، އެ އިމާރާތުގައި ދިރިއުޅުން ބިނާކުރަން މަސައްކަތްކުރޭ.! އިން ޝާ ﷲ އަހަރެންގެ ޕްރިންސެސްގެ، ޕްރިންސް ޗާރމިން ހުދު އަހެއްގައި ނަޔަސް، ހުދު ކާރެއްގައި އަންނާނެ ދުވަހެއް ފެންނާނެ.." އެއް ލޯ މަރައިލަމުން ކާމިލް ވިސްނައިދިނީ ވަރަށް ލޯތްބާއެކު އެވެ. 

ކާމިލް އެ ބުނަނީ ދެވަނަ ފުރުސަތެއްގެ ވާހަކަ އެވެ. އީތަން އަށް ދެވަނަ ފުރުސަތެއް ހައްގުބާ އެވެ؟ އަހަރުމެންގެ ގުޅުމަށް ދެވަނަ ފުރުސަތެއް ދިނުމަށް އީތަން ތައްޔާރު ބާ އެވެ؟

"ބަލާބަލަ.. އިރުއަރަނީ.." ރަންރީންދޫ ކުލައިން މުޅިޖައްވު ކުލަބަދަލުވަމުންދިޔަ ވަގުތުގައި އަހަންނަށް އެ މަންޒަރު ދައްކައިލީ ކާމިލް އެވެ.

"މިއަދު އިރުގެ ރަން ދޯދިތައް ރަމުޒުކޮށްދެނީ ރިދީއާއި އީތަންގެ ގުޅުން.. ކޮންމެ އަނދިރި ރެއަކަށްފަހު އަލިވިލޭނެ.. ރިދީގެ 

'ލަވް ސްޓޯރީއަށް' ވިސްނާލަބަލަ.. އެ އަނދިރިކަމާއި ބިރުވެރިކަން ނިމިއްޖެ.. އަލުން އާ ފެށުމަކަށް ފުރުސަތުދޭންވީ ވަގުތު ޖެހުނީ.." 

އަހަރެންގެ ލޮލަށް ބަލަމުން ކާމިލް ބުންޏެވެ. ދެއްކި މިސާލުގައި އޮތް މާނަ އިތުރަށް ވިސްނާކަށް ނުޖެހެ އެވެ. ދޭން ބޭނުންވި މެސެޖް ވަރަށް ސާފެވެ.

"އައި ލަވް ޔޫ ޖާން-އޭ-މަން" ދުވެފައިގޮސް ކާމިލްގެ އުނަގަނޑުގައި ބައްދާލާފައި އަހަރެން ބުނެލީމެވެ.

"ހޫމް... އިންޓެރެސްޓިން.!. ހުރިހައި ކަމެއް ރިވަރސް މޯޑްގައި އޮތް ވަގުތެއް މިއީ.." ދެމީހުންގެ ހުނުމުގެ އަޑުން އުފާވެރިކަން އާލާވެއްޖެ އެވެ. 

ދެމީހުން އެކުގައި އިރުއަރާ މަންޒަރު ބެލީމެވެ. އަދި އެކުގައި ބައެއް ފޮޓޯތައް ނަގައި ވަގުތުގެ ބޭނުން އެންމެ ރަގަޅަށް ހިފީމެވެ. ރޭގެ އަނދިރިކަން މުޅިން ފިލައިފި އެވެ. ނޫކުލައާއި ރަތާއި އަދި ރަންރީންދޫގެ ހުރިހައި ކުލައަކުން ޖައްވު ތާޒާވެއްޖެ އެވެ.

..................

(އީތަން)

ދުލަށް އައިހައި ހުތުރު އެއްޗެއް ކިޔައިފީމެވެ. ސިކުނޑިއަށް ސަވާރުވި ހުރިހައި ހުތުރު ލަފްޒެއް ދުލަށް ގެނެވވޭތޯވެސް ބަލައިފީމެވެ. އެކަމަކު ކުރިމަތީގައި ބަލަހައްޓައިގެން އިން މީހާ ދުރަށް ޖެހިލާން ނުވަތަ އޭނާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލަން ހިތަށްވެސް ނާރަ އެވެ.

އަހަންނަކީ އަންހެނެއް ނޫނެވެ. ފުރާފުރިހަމަވެފައިވާ، ކަސްރަތީ ހަށިގަނޑެއްގެ ވެރި ގަދަފަދަ ފިރިހެނެކެވެ. މިވަރަށް އަހަންނާއި ދިމާއަށް މީނާ ބަލަންޖެހޭނީ އަހަރެންވެސް 'އެވައްތަރު' ނަމަ ނޫންހެއްޔެވެ؟

ދެ ލޯ އަޅައިލާފައި އޭނާއާއި ދިމާއަށް ބެލީމެވެ. ބަދަލެއްވެސް ނަ އެވެ. ހިނިއައިސްފައި މޮޔަހެން އެބައިނެވެ. ރިދީގެ ފަހަތުން ކާމިލް ދިޔަފަހުން ދިހަވަރަކަށް މިނެޓް ވެއްޖެ އެވެ. އެކަމަކު އަހަރެންގެ ފަހަތުން އަޅުވާލިގޮތަށް މިތާ މިއިން ފިރިހެނާ ދުރަށްޖެހިނުލި އެވެ.

"އަނގައިގައި ހުރި ބައްތިރީސް ދަތް، ބިންދާނުލަނީސް ތި އަނގަ ލައްޕާ..! މަކަރީއްޗެއްވެސް ނޫން.. ! ތިވައްތަރަށް ހިނިއައިއްސަ އިންނައިރު ހީވަނީ ރަންނަމާރިއެއްހެން.." ރުޅިގަދަވެގެން އަހަރެންގެ ދުލަށް އައި ހުރިހާ އެއްޗެއް ގޮވަން ފެށީމެވެ. 

ޖަވާބުގައި އިކާން ހޭންފެށުމުން އަހަރެންގެ ރުޅިގަނޑު އިތުރަށް ގަދަވުން ނޫންކަމެއް ނުވި އެވެ. މީގެކުރިން އަހަރެން ހަޅޭއްލަވަން ފަށައިފިއްޔާ ބިރުން އެންމެ އަވަހަށް ފިލާނީ އިކާން އެވެ. އެކަމަކު މިރޭ، މުސަޅެއްހެން ދަތްބުރި ދައްކައިގެން އެ އިންނަނީ ކީއްވެފައި ހެއްޔެވެ؟

"ސޯ، ޔޫ ލަވް ހަރ..؟" ދެ ލޮލުގެ ކަޅި އަނބުރާލާފައި އަހަރެންނާއި ސުވާލުކޮށްލި އެވެ. ދެބުމަ ގޮއްޖަހާލާފައި  އޭނާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ.

"ހޫ..؟" ވާނުވާ ނޭގިފައި ސުވާލުކުރީމެވެ. އޭލިއަށްއަކާއި ދިމާއަށް ބަލަހައްޓައިގެން އިންނަހެން އިނެވެ. އަހަރެން އަޅައެއް ނުލަމެވެ.

"ގައިސަރް..!" ގަސްތުގައި މަލާމާތްކުރުމަށް އޭނާ ބޭނުންކުރީ މިވަގުތަށް އެންމެ މުނާސަބު ނަމެވެ.

"އޯހ.. ޔެސް.. އައި ޑޫ..! އަހަރެން ދުވަހަކުވެސް ހީނުކުރަން އަހަންނާއި ގައިސަރްގެ ގުޅުން މިހައި ބަދަހިވެދާނެކަމަކަށް.. އެކަމަކު އަހަރުމެން އެކަހެރިކޮށް ބައްދަލުވެ، ވަގުތުހޭދަކޮށްލެވުނީމައި އެނގިއްޖެ އަހަންނަށްޓަކައި ގައިސަރްއަކީ ޕަރފެކްޓް ބަޑީކަން..! ހިތްހެޔޮ އޯގާތެރި، އެންމެންނަށް އަޅައިލާ ކުއްޖެއް އެއީ.. އެއީ މިނިވަން ހިޔާލްގެ ކުއްޖެއް.. އޭނާއާއި ކާމިލްގ.." އަހަރެންގެ ވާހަކައިގައި ފުލްސްޓޮޕްޖަހާކަށް ނުވެސް ވިސްނަމެވެ. 

"ޝަޓްއަޕްއީތަންމުހައްމަދުމަނިކު" އަހަރެންގެ ކުރިމަށްޗަށް ބުލްޑޯޒަރެއް އެރުމުން ހުއްޓޭފަދައިން ހުއްޓިއްޖެ އެވެ. އިކާންގެ ހަޅޭކުގެ އަޑު ކޮޓަރިން ބޭރަށްވެސް މިފަހަރު އިވޭނެ އެވެ.

"އަހަރެން މި ދައްކަނީ ރިދީގެ ވާހަކަ..! ޑޫ ޔޫ ލަވް ރިދީ..؟" ނިއްކުރީގައި ހިފަހައްޓާފައި އިކާން ބުނެލި އެވެ.

"އައި؟ ލަވް؟ ރިދީ؟"

"ނޯ، ނޯ ވޭ..!" އަހަރެން ހަމަ ކުއްލިޔަކަށް ބުނީމެވެ.

"ދެޓްސް ގްރެއިޓް..! ޑޫޑް.. މީގެފަހުން ރިދީ އާއި ގާތްނުވާތި..! އައެމް ޕްރޮޕޯސިންގ ހަރ ޓްމޯރޯ!" ހަށިގަނޑު ސީދާކޮށްލާފައި ފަހުރުވެރިކަމާއެކު އިކާން ބުނެލި އެވެ.  

ވަޓް ދަ **؟ މި އަންހެންދުޅާ އިކާން މިކިޔަނީ ކީކޭ ހެއްޔެވެ؟ 

އަހަރެންގެ ސިކުނޑިއަށް ވާނުވާ އެގުނުއިރު އަހަރެންގެ ދެ އަތް އޮތީ އިކާންގެ ގިރުވާނަށް އޮޅާލާފަ އެވެ. އިންސާނަކު ބިރުން ދުވެފިލާނެ ނަމަ، އަހަރެންދެކެ ބިރުން މިވަގުތު އިކާން ދުވެ ފިލާނެ އެވެ. އެވަރުގެ ބިރުވެރި ބެލުމަކުން އޭނާއާއި އަހަރެން ހަތަރުކަޅިހަމަކުރީމެވެ.

"ހައު ޑެއަރ ޔޫ..؟ ކަލޭގެ ކޮން ހިއްސަކަށް އެރައ އަރައިގެން ތިއުޅެނީ..؟ ރިދީއަކީ ދުވަހަކުވެސް ކަލޭގެ ހައްގަކަށް ނުވާނެކަން ކަލެއަށް އޮޅިފައި އޮތީ ކޮންތާކު އޮތް ސަބްމެރިން ކޭބަލަކުން ސިގުނަލް ލިބިގެން..؟" ހަރުކަށިކަމާއެކު އަހަރެން އޭނާ ބިރުގެންނުވީމެވެ.

"އޯހް.. ރިއަލީ..؟ އަހަރެންގެ ހިއްސުތައް ބަރާބަރު..! ސަބްމެރިން ކޭބަލްވެސް، ފޯނުގެ ސިގުނަލްވެސް ރަގަޅު! އެހެންވީމައި- ރިދީ އަހަރެންގެ ހައްގަކަށް ވުމުގައި އީތަންއަށް އޮންނަންޖެހޭނީ ކޮން މައްސަލައެއް..؟" ހިމޭންކަމާއެކު އޭނާގެ ގިރުވާނުން އަހަރެންގެ ދެ އަތް ނައްޓުވާލުމުން ސުވާލުކުރި އެވެ. ކޮންތާކުން މާ 'ގަޓު ވެގެން' އައިސްހުރީކަމެއް ނޭގެ އެވެ. ފާޅުގައި މަލާމާތްކުރީ ޖެހިލުމެއް ނެތި އެވެ.

"ބިކޯޒް ޝީ އިޒް މައިން!" އަހަރެންގެ ކަތުރުކަށިގަނޑަށް ބާރުލާފައި ސާފު އިބާރާތުން ބުނީމެވެ.

"ޔެސް އައެމް ބިލް ކްލިންޓަން!" ބާރަށް ހިނިގަނޑެއް ޖަހާފައި އިކާން ބުނެލި އެވެ.

"އައި އެމް ސިރިއަސް..!" އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުކޮށްފައި ބުނީމެވެ.

"ޔޫ އާރ ސީރިއަސް..؟ ކާކު މޮޔަ ހައްދަން ތިއުޅެނީ..؟ ފިނޑިޔާ..! ތިއީ ކަލޭގެ މައްސަލަޔަކީ..! ސީރިއަސްއަކީ ކަލޭ ދަންނަ އެއްޗެއް ނޫން..! ދާދި ދެންމެ ކޮންކަމަކަށް ތި ދައުވާކުރީ..؟ ކީކޭ ބުނީ..؟ ރިދީ އަކީ އަމިއްލަ ހައްގެއްކަމަށް ނިކަން ބާރަށް ބުނެލިން ދޯ..! އެ ކޮންއިރަކު ހިނގާފަ އޮތްކަމެއް..؟" އިކާން އަހަންނާއި ވާހަކަދެއްކީ ރުޅިއަންނަ ވައްތަރަކަށް ހެމުންނެވެ.

ބުނާނެ އެއްޗެއް ނޭގުނެވެ. އަމިއްލަ ދެ ފަޔަށް ދެ ލޯ ތަތްކުރީމެވެ. އިކާން ކުރިމަތީގައި ހުންނާކަށް ފަސޭހައެއް ނުވި އެވެ. ހުރިތަނުން އެހެން ދިމާއަކަށް ބަދަލުވެލީމެވެ. އިކާން އެބުނީ ތެދެކެވެ. ރިދީ އަހަރެންގެ މީހަކަށް ވީ ކޮންއިރަކު ހެއްޔެވެ؟ 

"ޝީ ހޭޓްސް ޔޫ..!" ނަފުރަތާއެކު އަހަންނާއި ދިމާއަށް އިކާން ބުނެލި އެވެ. 

އެއަށްވުރެން ގަދަ ރުޅިއާއެކު އޭނާއާއި އަހަރެން ކުރިމަތިލީމެވެ. އެކަމަކު އަނެއްކާވެސް ހުއްޓުން އެރި އެވެ. ހަވަނަ ހިއްސު އިންޒާރުކުރީ އެވެ. އިކާން އެބުނަނީ ތެދެކެވެ. ރިދީ އަހަންނަށް ނަފްރަތުކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

"އެންޑް އައި ޑިޒަރވް ދިސް..!؟" ދިމާކޮށްލުމަށްކަމަށް ގޮތްދައްކާލަމުން އަހަރެން ހުނީމެވެ.

"ނޯ- ޔޫ ޑޯންޓް..! އަހަރެންގެ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ ވަފާތެރި އިންސާނަކީ ތިއީ..!  ގަބޫލުކުރަން، ވަރަށް ގިނަ ގޯސްތައް ހަދާފައި އެބަހުރި..! ކުށް ކުރެވޭނެ..! އެއީ އިންސާނީ ތަބީއަތެއް.. ރިދީގެ ނަފްރަތު އީތަންއަށް ހައްގެއް ނޫން..! ހަމަ އެއާއެކު ރިދީގެ ލޯތްބެއްވެސް އީތަންއަށް ހައްގެއް ނޫން.." އިކާންގެ އަޑު ފަނޑުވި އެވެ. ދެކޮޅު ހެދުމުގެ ހިއްވަރެއް މިފަހަރަކު އަހަންނަކަށް ނުލިބުނެވެ. އީތަން އެބުނި އެއްވެސް އެއްޗެއްގައި ދޮގެއްނެތެވެ. ހަގީގަތުގައި ސިކުނޑިއަށް ލިބުނީ ޝޮކެކެވެ. އިކާން އަކީ އަރަތެއް ހެއްޔެވެ؟ އެކަމަކު ހާލަތާއެކު ކުރިއަށް ދާން ނިންމީމެވެ.

"ސޯ، ވަޓް ޝުޑް އައި ޑޫ..؟" އަހަރެން ސުވާލުކުރީމެވެ.

ސުވާލުގައި ފޮރުވިފައިވާ މާނައެއް ނެތެވެ. އެކަމަކު ގަބޫލުނުކުރެވުނީ، އަހަރެންގެ ހަޔާތުގެ ނާޒުކު ދަނޑިވަޅެއްގައި އެންމެ މުހިއްމު ސުވާލު އޭނާގެ އަތްމައްޗަށް އަހަރެން ދޫކޮށްލީތީ އެވެ. ފާއިތުވި އަހަރު، ދެއަރުތެރޭގައި އަހަރެން އިކާންއަށް ނަފްރަތުކުރި މިންވަރަށް އެހެން އެއްވެސް އިންސާނަކަށް ހިތްބުރަ ނުކުރަމެވެ. 

އިކާންއާއިމެދު އަހަރެންގެ ހިތުގައި އޮތް ނަފްރަތަކީ އޭނާއަށް ހައްގު އަދަބެއްކަމުގައި ފަހަރެއްގައި ނުވެދާނެ އެވެ. ރިދީގެ ބެސްޓްފްރެންޑްގެ ގޮތުގައި ދޮޅުއަހަރަށްވުރެން ގިނަ ދުވަހު ހޭދަކުރުމަކީ ކޮންމެކޮންމެ އިންސާނަކަށް ލިބޭނެ ފަހުރެއް ނޫނެވެ. އެކަމަކު ރިދީއާއި އިކާންގެ ގުޅުމަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނެތެވެ. މާނައަކީ އިކާންގެ ކިބައިގައި ވަރަށް ރަގަޅު އެތައް ސިފައެއް ވާކަމެވެ.

"އިތުބާރު ހޯދާ! އަމިއްލަ ކުށަށް އިއުތިރާފްވެ، އެ ކުށްތަކަށް މައާފު ހޯދާ ފަދައިން އިތުބާރުވެސް ހޯދާ..! އަމިއްލަ ނަފުސަށް ބަދަލުއައިސްފިކަމާއި އެ ބަދަލުތައް އޭނާ އިހްސާސްކުރަން ފުރުސަތުދީ..! އޭނާއަށް އަޅައިލާ އޯގާތެރިވާކަން، ސާބިތުކޮށްދީ! ރިދީގެ ކޮންމެ ހަރަކާތެއް، އޭނާ ހާމަކުރިޔަސް، ނުކުރިޔަސް އީތަންއަށް އެނގޭކަން އޭނާއަށް އަންގައިދީ.. ކުރިން ހެދި ގޯސްތައް އަލުން ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން ހޯދައިދީ.. ދިރިއުޅުމުގެ ކުރު ދަތުރުގައި ކޮންމެ މީހަކަށްވެސް ދެވަނަ ފުރުސަތެއް ލިބެންޖެހޭނެ.. އީތަންގެ ހިތުގައި ތިވާ ލޯބި، ރިދީއަށް އިހްސާސްކޮށްދީ.. ޔަގީން، ރިދީ އުފަލުން ބަލައިގނ..!" އިކާން ހިނިތުންވި އެވެ.

"އައި ލަވް ހަރ؟" އަހަރެންގެ ނިއްކުރިއަށް ރޫ އަރުވާލާފައި ސުވާލުކުރީމެވެ. ދެ ލޯމަރާފައި ކަންދުރާ ފަހަތައް ގެންގޮސް، ހަމަ އެ ސިކުނތުގައި ފާރުގައި ނިއްކުރި ޖައްސައިފި އެވެ.

"އޯހް. ނޯ، އައި ޑޯންޓް ލަވް ހަރ، އައި މީން، އައި ޖަސްޓް ލައިކް ހަރ! އާން މިއީ ލޯތްބެއް ނޫން..!! އެކަމަކު އަހަންނަށް ރިދީ ވަރަށް ކަމުދޭ..!" ހަމަޖެހިލާފައި އަހަރެން ބުނީމެވެ.

އަންހެން ވައްތަރެއް ޖައްސާލާފައި ދެ ލޮލުގެ ކަޅި އަނބުރަން ފެށި އެވެ. އިކާން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތުން ހިންދިރުވާލެވުނެވެ.

"ޔެސް! އެކަމަކު ހަމަ، ޖެހިގެން އަންނަ ސިކުންތުގައި އީތަން ރިދީއަށް ނަފްރަތުވެސް ކުރޭ..! ނޫންތަ؟" މިފަހަރު އިކާން އެކުރީ މަލާމާތެވެ. އަހަރެން  މީގެން ނިންމަންވީ ކޮންގޮތެއް ބާ އެވެ؟ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް