ads
ތޮއްޑޫގެ ދަނޑުވެރިއެއް: - ފޮޓޯ:އަވަސް
ކުދި އަދި މެދުފަންތީގެ ދަނޑުވެރިން ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށް ލޯނު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ހުޅުވާލައިފިއެވެ.
Advertisement

އެގްރިކަލްޗަ މިނިސްޓްރީން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ މި ލޯނުގެ ފުރުސަތަކީ ދިވެހި ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މި ފުރުސަތު ފައިދާ ހުރި ގޮތުގައި ބޭނުންކުރުމަށް ދިވެހި ދަނޑުވެރިންނަށް ހިތްވަރުދެއެވެ.

އެގްރިކަލްޗަ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ލޯނު ދިނުމުގައި އަންހެން ދަނޑުވެރިންނަށް ސީއެފްސީއިން އިސްކަން ދޭނެކަމަށެވެ. މީގެއިތުރުން، އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށްވެސް ޕްރޮޕޯސަލްތައް ބަލައިގަތުމުގައި އިސްކަން ދެވޭނެކަމަށް ސީއެފްސީއިން ބުނެފައިވެއެވެ.

މި ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ދަނޑުވެރިން ލޯނަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް އެޕްރީލް 1 ގެ ކުރިން ހުށަހެޅުމަށް އެގްރިކަލްޗަ މިނިސްޓްރީން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް