ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވިރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު މޯދީއާއެކު:-
އިންޑިއާގައި ދިވެހި ރުފިޔާއިން ވިޔަފާރި ކުރުމުގެ ހުއްދަ ދީފި
އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމަށް އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ހުއްދަދީފިއެވެ.
Advertisement

ދެ ގައުމުގެ ފައިސާ ޑޮލަރާއި ނުލައި ބޭނުންކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މި ނިންމުމަށް އަމަލު ކުރަން ނުފެށި ލަސްވެފައި އޮތީ އިންޑިއާގެ ރިޒާވް ބޭންކުން އެ ހުއްދަ ނުދީ އޮތުމުންނެވެ.

އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން މިގޮތުން ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިންޑިއާގެ ރުޕީޒް އަދި ދިވެހި ރުފިޔާއިން ކުރުމުގެ މަގު ފަހިވެގެން ދިޔައީ ހޯމަ ދުވަހު އެ ބޭންކުން އެގޮތަށް ނިންމުމުންނެވެ. 

މި ނިންމުމަކީ ޑޮލަރު ފަދަ ބޭރު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރި އިތުރަށް ތަރައްގީކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަމަށް ވިޔަފާރިވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ އިންޑިއާގެ ރުފިޔާގެ ބޭނުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކޮށްފައިވެއެވެ.

އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ބާޒާރު ކަމަށްވާތީ، މި ނިންމުމަކީ ދެ ގައުމު ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ހިނގާ ހަރަދުތައް ކުޑަކޮށް، ބޭރު ފައިސާގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް އެހީވާނެ ކަމެއްކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ރާއްޖެއަށް މި ނިންމުމުގެ ސަބަބުން އިންޑިއާއިން ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެކަމަށް ބެލެވެއެވެ. އަދި އިންޑިއާގެ އެކްސްޕޯޓަރުންނަށްވެސް ރާއްޖޭގެ މާކެޓަށް ވަނުމަށް ފަސޭހަވެގެންދާނެކަމަށް ލަފާކުރެވެއެވެ. 

"މިއީ ކުދި ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިއާއެކު ހިންގުމުގެ ހަރަދު ކުޑަވެ، އަގުތައް ކުރިން ލަފާކުރެވޭ މިންވަރު އިތުރުވާނެ،" ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަންސްގެ އިސްވެރިއެއް ބުނެފައިވާކަމަށް އިންޑިއާ ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ.

އާރުބީއައި އިން މި ފަދަ އެރޭންޖްމަންޓްތައް އެހެން ގައުމުތަކާއެކުވެސް ކޮށްފައިވާ ކަމަށާއި، މިއީ އިންޑިއާ ރުޕީޒްގެ ބައިނަލްއަގުވާމީ މަގުބޫލުކަން އިތުރުކުރުމަށް އިންޑިއާއިން ގެންގުޅޭ ސްޓްރެޓެޖީގެ ބައެއްކަމަށް ރިޕޯޓުތައް ބުނެއެވެ. ރާއްޖެއަކީ އިންޑިއާގެ ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތްކުރާ ތަންތަނުގެ ތެރެއިން ތަނަކަށް ވުމާއެކު، މި ނިންމުމަކީ އިންވެސްޓްމަންޓާއި ޓޫރިޒަމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް