މީގެ 10 މެގަވޮޓް މާލެ ސަރަހައްދުގެ އިލެކްޓްރިކް ގްރިޑަށް އިތުރުކުރެވޭނެއެވެ. އަދި ބާކީ 3 މެގަވޮޓް ބޭނުންކުރާނީ ތިލަފުށީގައެވެ.
މި މަޝްރޫޢަކީ 2.3 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް އަދި ޖަޕާން ފަންޑް އެހީތެރިވެދެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަކުރުމާއި، ވައި ތަގައްޔަރުވުން މަދުކުރުމެވެ. އަދި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މަގުފަހިކުރުމެވެ. މި މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.