ads
ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވުން: ދެއްވީ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން-- ފޮޓޯ: ރައީސް އޮފީސް
ރައީސް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު އޮޅުން ފިލުއްވައިފި
ރައީސް މުހައްމަދު މުއިއްޒާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ތެލެސީމިއާ ސެންޓަރަށް މިއަދު ވަޑައިގެން، އެ ތަނުގެ ހާލަތު މިއަދު ބައްލަވައިފި އެވެ.
Advertisement

ރައީސް ވަނީ ތެލަސީމިއާކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދެއްނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެކަމށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ފަށްޓަވާފަ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ބައެއް މީހުންނާ އެކު އެ ތަނުގެ މެނޭޖުމަންޓުން ރޭ މަޝްވަރާ ކުރުމަށް ފަހު، އޭގެ ތެރެއިން ގިނަ މީހުން މުޒާހަރާއަށް ނުކުމެ ތިބީ ހައްލު ނުލިބި ރޭ މެނޭޖުމަންޓުން ދިން ޖަވާބުތަކަށް ވެސް ހިތްހަމަނުޖެހިގެންނެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ރައީސް އާއި ހެލްތު މިނިސްޓަރު ނާޒިމް ތެލެސީމިއާ ސެންޓަރަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. 

"އާއިލާތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، މިހާރުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅަން މިހާރު ވަނީ ފައްޓަވާފައި،" އޭނާ ވިދާޅުވި އެވެ.

ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެމްބީއެސްގެ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރާއްޖޭގައި ތެލަސީމިއާ 650 ކުދިން މިވަގުތުވެސް ލޭ އަޅަމުންދެއެވެ. މިކުދިންނަށް ބޭނުންވާ އެކިއެކި ހިދުމަތްތައް ވޭތުވެދިޔަ ދިގު މާޒީގައި އެކަށީގެންވާވަރާއި ގާތަށްވެސް ގާއިމުވެ ތަރައްގީވެފައި ނެތްކަމީ އެކުދިންނާއި އާއިލާތަކުގެ އޮތް ކަންބޮޑުވުމެކެވެ.

ރޭގެ މުޒާހަރާގައި އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބައެއް ޕެކެޓުތައް ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ. މި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކެއް އަދި ނޭނގެ އެވެ. 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް