ads
ލެސީމީއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލުގެ މަގާމަަށް އައްޔަންކުރި އަހްމަދު މައުސޫމް
ތެލެސީމީއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލެއް ހަމަޖައްސައިފި
ތެލެސީމީއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލުގެ މަގާމަަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
Advertisement

ހެލެތް މިނިސްޓްރީން ބުނީ ތެލެސީމީއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލުގެ މަގާމަަށް އައްޔަންކުރީ އަހްމަދު މައުސޫމް ކަމަށެވެ. 

އެންމެފަހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށް ހުންނެވި މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މައުސޫމް ވަނީ މީގެ ކުރިން އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައެވެ.

އަށް އަހަރަށް ފަހހު ތެލެސީމީއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލުގެ މަގާމަަށް ބޭފުޅަކު މި އައްޔަންކުރީ އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެގެން އެތަނުން ހިދުމަތް ހޯދާ ފަރާތްތަކުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާކޮށްފައި ވަނިކޮށެވެ. އެ މުޒާހަރަރާތަކާއި ގުޅިގެން ޖެހިގެން އައި ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ އެ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. 

އެ ޒިޔާރަތަށް ފަހު ރައީސް މުއިއްޒު ވިދާޅު އެ ސެންޓާރުގެ ހާލަތު އެހާ ނިކަމެތިކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިނުވާކަމަށެވެ. އަދި އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތް ކަމަށާއި އެތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ހިދުމަތްތައް ރަނގަޅުކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ. 

ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލަކާއި ޑިރެކްޓަރުގެ މަގާމަށްވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް ހަމަޖައްސާނެކަމަށެވެ. މީގެއިތުރުން އެ ސެންޓެރަށް ބޭނުންވާ ފިޒީޝަންވެސް ވަރަށް ހަމަޖެހޭނެކަމަށާއި މި ވަގުތަށް އިތުރަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް މިއަދު އިއުލާންކުރާނެކަަމަށްވެސް މިނިސްޓްރީން ބުނި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް