ads
ހޮޅުދޫ ބޯޓު
ހޮޅުދޫ ބޯޓުގައި ރޯވީ ކަރަންޓް ޝޮޓުވެގެން، ގެއްލުން 5 މިލިއަނަށް
މިދިޔަ ބުދަ ދުވަހުގެރޭ ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުގައި ރޯވީ ކަރަންޓް ޝޯޓެއް ވެގެންކަމަށް ބެލެވޭކަމަށް އެ ބޯޓުގެ ވެރި ފަރާތުން ބުނެފިއެވެ.
Advertisement

18 މީހުންނާއި އެކު ތ. ހިރިލަންދޫއިން މާލެއަށް ދަތުރުކުރަމުން ދިޔަ "ހޮޅުދޫ ބޯޓު"ގައި  އެރޭގެ އިރާކޮޅު ރޯވީ ތ. ކަނޑޫދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ.

މި ހާސިދާގައި މާވަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގް ފިޔަވާ އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. މުޝްފިގު ގެއްލި އެ ޒުވާނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.  

ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންްތްރޯލް ނުވެ މުޅި ބޯޓް އެއްކޮށް އަނދާ ހުލިވެ މާސިންގާ ކަނޑަަށް ވަނީ އަޑިއަށް ގޮސްފައެވެ. 

your imageހޮޅުދޫ ބޯޓުގައި އަލިފާން ހިފައިގެން ސިފައިން އާންމުކުރި ވޯޑިއޯގެ މަންޒަރެއް 

މި ބޯޓަކީ ނ ހޮޅުދޫ ބޯޓެއް ނަމަވެސް ބޯޓު ދުއްވަމުން އަންނަނީ ލާ. މާވަށު މީހަކު ކުއްޔަށް ނަގައިގެންނެވެ. އޭނާ މި ބޯޓް ބޭނުންކުރަނީ  ލ. އަދި ތ. އަތޮޅުގެ ރަށްރަށާއި މާލެއާ ދެމެދު މުދާ ހިފައިގެން ދަތުރުކުރުމަށެވެ. 

ބޯޓުގައި ރޯވި ގޮތުގެ ވާހަކަ ދައްކަމުން އެބޯޓްގެ ވެރިފަރާތުން ބުނީ ބޯޓްގައި ރޯވީ ކަރަންޓް ޝޯޓެއް ވެގެންކަމަށް ބެލެވޭކަމަށެވެ. އަދި އަލިފާން ރޯވީ ބޯޓުގައި ބޭނުންކުރާ ސްޓޭންޑުބައި ޖެނެރޭޓަރުގައިކަމަށްވެސް އޭނާ ބުންޏެވެ. އަލިފާން ރޯވެ ބޯޓު އަނދައިގެން ދިޔުމުން ލިބުނު ގެއްލުން ގާތްޑަކަށް 5 މިލިއަނަށް އަރާނެކަމަށް ބޯޓުގެ ވެރި ފަރާތުން ބުނެއެވެ. 

މުދާ ހިފައިގެން ދަތުރުކުރާ މި ބޯޓުގައި އަލިފާން ރޯވިއިރު މާ ގިނަ މުދާތަކެއް ނެތްކަމަށްވެއެވެ. އެހެންނަމަވެސް ބޯޓުގައި ސައިކަލެއްތަކެއް ހުރިކަމަށާއި އަލިފާނުގެ ހާދިސާގެ ސަބަބުން ބޯޓްގެ ކޭޝިއަރުގެ ނަފްސާނީ  ހާލަތު ރަނގަޅު ނޫންކަމުން އެއީ ކިތައް ސައިކަލެއް ކަމެއް އަދި ސާފު ނުވާކަމަށްވެސް ބޯޓުގެ ވެރި ފަރާތުން ވަނީ ބުނެފައެވެ. 

'ހޮޅުދޫ ބޯޓުން" ގެއްލުނު ޒުވާނާ ހޯދުމަށް މަސައްކަތް އަދިވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުގެ އަޑީގެ ބޮޑު ސަރަހައްދެއް ޑައިވަރުން ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް