ads
ބޭރުމަގުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ބޭރުމަގުގައި ތާރުނާޅާ ބައިގައި ތާރުއަޅަން އެމްޓީސީސީއަށް
ބޮޑު ތަކުރުފާނުމަގުގެ ތާރުނާޅާ ބައިގައި ތާރުއަޅަން އެމްޓީސީސީ ހަވާލުކޮށްފިއެވެ.
Advertisement

އެ ކުންފުންޏާއި ހަވާލުކުރީ ހުޅުމާލެ ކުރީގެ ފެރީޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާއި ހަމައަށް ތާރު އަޅާށެވެ.

މިކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ސޮއިކުރީ ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. 

އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ ދަށުން މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަށް ބަލާއިރު 830 މީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އެއީ ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

މި މަޝްރޫއުގެ އަގަކީ 144 މިލިއަން ރުފިޔާއެވެ. މަސައްކަތް 455 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ. 

މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ދުވާރުތައް ހެދުމުގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުންވެސް ހިމެނޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެއެވެ. 

އިއްޒުއްދީން ފާލަމާ ދިލާމުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރާނީ ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން ކޮޅަކަށް ދެ ލޭނު ހިމެނޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.  

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅާފައެވެ. ތާރު ނަޅާ މިހާރު އޮތީ އެމަގުގެ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް