
ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ދުބާއީ ކުންފުންޏަކަށް 3.7 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ މައްސަލަ އާއްމުކުރީ ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.
ފުލުހުން ބުނީ މޯލްޑިވް ގޭހުގެ ފައިސާ ވީ ނުވީއެއް ނޭނގި ގެއްލުނު މައްސަލަ އެ އިދާރާއި ތަހުގީގު ކުރަމުން އަންނަކަމަށެވެ. އަދި އެ އިދާރާއިން ތަހުގީގު ކުރަނީ މޯލްޑިވް ގޭހުގެ މަނީ ލޯންޑަރިން މައްސަލައެއްކަމަށް ފުލުހުން ބުނެ އެވެ.
މޯލްޑިވް ގޭހުން ފައިސާ ގެއްލުނީ މިިދިޔަ އޮކްޓޫބަރު މަހު ކަމަށާއި ގޭސް ނުލިބުތާ ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އެކުންފުންޏަށް މިހާތަނަށް ލިބިފައި ނުވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އެޑްވާންސް ފައިސާ ދެއްކީ އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުންޏަށް ނޫންކަމަށާއި ކުރީގެ ކުންފުނި ބަދަލު ކުރީ ސަބަބު މޯލްޑިވް ގޭހުގެ އިސްވެރިންނަށް ސާފުނުކޮށް ނުދެވުނުކަމަށް ވެސް ނާޒިމް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފަ އެވެ.
މި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އިތުރުން އޭސީސީން ވދސް އަންނަނީ ބަލަމުންނެވެ.