
އެ މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެމްބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
މެމްބަރުންގެ ހެލްތް އިންޝުއަރަންސް ދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައި މިވަނީ މެމްބަރުންނަށް އިންޝުއަރަންސް ދޭ ގޮތް ކަމު ނުގޮސްގެން މެމްބަރުން އެކަމުގެ ޝަކުވާތައް ކޮށްފައިވަނިކޮށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި ފައިސާ ބަލައިގަންނާނީ 14 އޭޕްރިލް 2025 އިން 27 އޭޕްރިލް 2025 މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށްކަމަށްވެސް ފިނޭންސް އިން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެމްބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށް ދޭން ޝައުގުވެރިވާ އެފަދަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.