
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ޑްރަގު މައްސަލައެއްގައި އަނެއްކާވެސް އަންހެނަކު ހައްޔަރުކޮށްފި
އަހުމަދު ހަސަން
14 އޭޕްރީލް 2025 - 21:08:24
މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް އަންހެނަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ފަހުން އަންހެން ކުދިން ހައްޔަރު ކުރާ އަދަދު އިތުރުވެފައިވަނިކޮށް، މި ފަހަރު ހައްޔަރުކުރީ އުމުރުން 39 އަހަރުގެ އަންހެނެކެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މި ފަހަރު ހައްޔަރު ކުރި އަންހެނަކީ، ށ. މާއުނގޫދޫ މިންވަރު، ޒިޔާދާއެވެ.
މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ހައްޔަރު ކުރި މި އަންހެން މީހާގެ ބަންދަށް ކޯޓުންވަނީ 10 ދުވަސް ޖަހާފައެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މީގެ ކުރިންވެސް ހަތަރު ފަހަރަކު މި އަންހެން މީހާ ހައްޔަރުކޮށްފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް