ads
ކުރިން ހިނގި އެކްސިޑެންޓެއްގައި ކާރެއް ވަރަށް ބޮޑަށް ހަލާކުވެފައި-- ފޮޓޯ: ފުލުހުން
ލައިސަންސް ނެތް މީހަކު ދުއްވި ޑެލިވަރީ ވޭނެއް އެކްސިޑެންޓް ވެއްޖެ
މާލޭ ސިޓީގައި ލައިސަންސް ނެތް މީހަކު ދުއްވި ވޭނެއް އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި ޗާންދަނީ މަގުގައި ހުރި ފިހާރައެއްގެ ދޮރުގައި ޑެލިވެރީ ވޭން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ 16:47 ގަ އެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. 

ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓު ހިނގި ވަގުތު ވޭން ދުއްވަން އިނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ އީކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް