ads
އެކްސިޑެންޓްވި ކާރު---ފޮޓޯ: ރާއްޖެ އެމްވީ
ސައިކަލަކާއި ޕޮލިސް ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
މާލޭގައި ސައިކަލަކާއި ޕޮލިސް ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ލޮނުޒިޔާރަތް މަގު، ޓާމިނަލް ކެފޭ ކައިރިން ދުއްވާފައި ދިޔަ ޕޮލިސް ވެހިކަލެއްގައި ސައިކަލެއް ކަހަލައިގެން ވެއްޓި ޖެހިގެންނެވެ. 

މި އެކްސިޑެންޓް ހިނގީ މިރޭ 20:20 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ވަނީ ސައިކަލު އަދި ޕޮލިސް ވެހިކަލް ދުއްވި މީހާ އަތުގައި އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ކަމަށް ބުނެފައެވެ. 

މުޅި މާލެ ލޮކްޑައުން ކޮށްފައި ވާއިރު، ފުލުހުން ދަނީ މާލެ ތެރެ ބެލެހެއްޓުމުގަ އާއި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި ހަރަކާތްތެރިވަމުން ނެވެ. އަދި އާންމު ރައްޔިތުންނަށް އެއްވެސް ޒަރޫރީ ބޭނުމެއް ގައި މަގުމައްޗަށް ނުކުމެވޭނީ ފުލުހުންގެ ހާއްސަ ހުއްދައަކާއި އެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް