ads
ގިނަ އަދަދެއްގެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީ ސެކްޝަނެއް ހިނގަމުންދާ އިމާރާތެއްގެ ކައިރީގައި ބިދޭސީންތަކެއް ކިއުގައި -- ފޮޓޯ: ސީއެންއެމް
މަޓާޓޯ އާއި އެންބީއޭއެމް އިން 500 މީހުންނަށް ކާނާ ފޯރުކޮށްދެނީ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގުޅިގެން 500 މީހުންނަށް ކާނާ ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

މަޓާޓޯ އާއި އެންބީއޭއެމް އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ، އެ ދެ އެސޯސިއޭޝަން އިން ކޯކާ ކޯލާ އާއި ގުޅިގެން ދިވެހިން އަދި ބިދޭސީން ހިމެނޭ ގޮތަށް 500 މީހުންނަށް ކާނާ ފޯރުކޮށްދޭން ނިންމާފައި ވާކަމަށެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކާނާ ނުލިބި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކުރަން ނިންމި ކަމެކެވެ. 

ރަމަޟާން މަހާއި ކުރިމަތިލާއިރު އެތައް ބަޔަކު ބޯހިޔާވަހިކަމާއި ކާބޯތަކެތި ނެތިފައި އެބަތިބި ކަމަށާއި މިކަމުގެ ސަބަބުން ގިނަ ބަޔަކު ބަލިވުމުގެ ފުރުސަތު އެބައޮތްކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން، ކުރިއަތް އޮތް 30 ދުވަހަށް ކާނާ ފޯރުކޮށްދިނުމަށް ހަމަޖެހިފައި އޮތީ މިވަގުތު ސަރުކާރުން މާލެ އާއި ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ދިވެހިންނަށާއި ބިދޭސީންނަށް ކަމަށް ބަޔާނުގައިވެ އެވެ. 

މީގެ އިތުރުން، މާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ސަލްސާ ކޭޓަރިންގެ އެހީތެރިކަމާއެކު ބަދިގެއެއް ލިބިފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ތައްޔާރުކުރާ ކާބޯތަކެތި ވަގުތީ ހިޔާތަކުގައި އުޅޭ މީހުންނަށް ބެހުމަށް ހަމަޖެހިފައިވަނީ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާއެކުގައި ކަމަށާއި އެކަމުގައި ބައިވެރިވެ އެއްބާރުލުން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. 

މަޓާޓޯ އާއި އެންބީއޭއެމް އިން ދަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް