ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދުބާއިގެ ޓެކްސީތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް
ދުބާއިގެ ޓެކްސީތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް
ދުބާއިގައި ދުއްވާ ޓެކްސީތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް ގުޅިގެން ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
Advertisement

މި ކެމްޕޭން ކުރިއަށްގެންދާނީ މުހިންމު އަރަބިއަން ޓްރެވަލް މާކެޓް 2025 (އޭޓީއެމް) އާ ދިމާކޮށެވެ. 2025 ވަނަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައި ޑުބާއީގެ ގްރީން ޓެކްސީތައް ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ލިވަޕޫލް ފުޓްބޯލް ކްލަބްގެ މަޝްހޫރު ކުޅުންތެރިންގެ ފޮޓޯތަކާއެކު ރެޕްކޮށްފައި ފެންނަން ހުންނާނެއެވެ.

އެމްއެމްޕީއާރުސީން ބުނީ "މި ސްޓްރެޓެޖިކް ކޯލަބްރޭޝަންގެ ސަބަބުން ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރަށް ހަރުދަނާވެ، ދުނިޔޭގެ އެންމެ މަޝްހޫރު ޑެސްޓިނޭޝަންތަކުގެ ތެރޭގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާ ވެގެންދާނެ،" ކަމަށެވެ.

މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ދަތުރުފަތުރަށް ޝައުގުވެރިވާ ފަރާތްތަކާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ސަމާލުކަން ހޯދައި، ރާއްޖެއަކީ ޕްރިމިއާ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މެދުއިރުމަތީގެ މާކެޓްގައި ޕްރޮމޯޓްކުރުމެވެ. މި ރެޕްތަކުގައި އަރަބި ބަހުން މެސެޖްތައް ހިމަނާފައިވަނީ މެދުއިރުމަތީގެ މާކެޓްގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން، އެބޭފުޅުންގެ އަމިއްލަ ބަހުން މާކެޓުކޮށް، އެ މީހުންގެ ހިތްތަކަށް ރާއްޖެ އާ މެދު ގާތް ގުޅުމެއް އުފެއްދުމަށެވެ.

ޓެކްސީ ކެމްޕޭންގެ އިތުރުން، އޭޓީއެމް 2025 ގައި ރާއްޖޭގެ ސްޓޭންޑުގައި ހާއްސަ ލިވަޕޫލް އެފްސީ ތީމްގެ ޒޯނެއް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޒޯނުގައި ރާއްޖޭގެ ހިތްގައިމު ފޮޓޯ ބެކްޑްރޮޕްއެއް ހުންނާނެއެވެ. ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކަށް އެންމެ ކަމުދާ ލިވަޕޫލް އެފްސީ ކުޅުންތެރިންގެ ކަޓްއައުޓްތަކާއެކު ފޮޓޯނެގުމުގެ ފުރުސަތު ލިބޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް