ads
ޔުމްނު ފުރުވާލަން އެއާޕޯޓްގައި
ޔުމްނު އިތުރު ފަރުވާއަށް ފުރުވާލަން އެެއާޕޯޓްގައި
ބުރުޒުމަގުގައި ހުންނަ، ގ. ފެންޓޯނިއޯގެއިން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން އެއާޕޯޓަށް ގެންގޮސްފިއެވެ.
Advertisement

ޔުމްނުގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ  އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ގެންދިއުމަށް ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ޔުމްނު ބޭރަށް ގެންދިޔުމަށް އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

ޔުމްނު އިތުރު ފަރުވާއަށް ފުރުވާލަން އެއާޕޯޓަށް ގެންދިޔަ މަންޒަރު ސޯޝަލް މީޑިއާގައީ ވަނީ އާއްމުވެފައެވެ. އެ މަމްނަޒަރު ތަކުން ފެންނަ ގޮތުން ޔުމްނުގެ ހާލު ރަނގަޅެއް ނޫނެވެ. 

ޔުމްނުގެ އިތުރު ފަރުވާއަށް ބޭރަށް ގެންދާ ފްލައިޓާއި މެދު އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުމްނު  ދައްތަ ބުނީ ޔުމްނު ބޭރަށް ގެންދިއުމުގައި ދެ ގަޑިއިރު އެހެން ގައުމެއްގައި ޓްރާންސިޓު ވާންޖެހޭކަމަށެވެ. 

ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއި އެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާދީފައެވެ. ޔުމްނު ވެއްޓުނު ރޭ ރޭ ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް