
ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ނަޒާހާ "ކެންސަލް" ކުރުމަށް ގޮވާލަމުންނެވެ.
ހައްވާ ޔުމްނު ރަޝީދު ފުރާޅުމަތިން ފެނުނު މައްސަލައިގެ ތެރެއިން ހާމަވި، މަސްތުވާތަކެއްޗާއެކު ޕާޓީކުރިކަމަށް ތުހުމަތުވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު އެ ބޯޑުން ވަކިނުކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށް އެބޯޑުގެ މެންބަރު ނަޒާހާ ނަޒީމް ކުރިން ބުންޏެވެ. އެހެން ބުނެފައި ވަނިކޮށް, ދާއޫދުގެ އިސްތިއުފާ ރައީސް އޮފީހަށް ފޮނުވުމުން އޭނާ ވަނީ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އަށް ނަޒާހާ ހޮވުން
މީގެ އިތުރުން ވެސް ތިން މެންބަރަކު އެ ބޯޑުން އިސްތިއުފާ ދީފައިވެއެވެ. އެމީހުން އިސްތިއުފާ ދިނީ މިމަހަ 18 ވަނަ ދުވަހު މާލޭ ގުދަނެއްގެ ފުރާޅު މަތީގައި ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ދައުލަތުން ނުކުރާކަަމަށް ބުނަމުންނެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން އެނާގެ ވާހަކަތަކާ ދެކޮޅު ހެދައި އަޑުގަދަކޮށް ހެދިއެވެ. ނަމަވެސް އެނާ ބުނީ "ސަރުކާރު އެންމެނަށާއި، ބޯޑު އެންމެނަށްވެސް އިސްތިއުފާ ދެވިދާނެކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ޔުމްނު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ މެލޭޝިއާއަށް ގެންގޮސްފައެވެ.
ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ، ރޭ ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 565,501.21 ރުފިޔާ އަދި 11,015.95 ޑޮލަރު ހޯދިފައިވާއިރު، މުޅި ޖުމުލަ 735,367.16 ރުފިޔާ ހޯދިފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން ޝެހެނާޒް މޫސާ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ. އަދި އެންސް ޕާއިން ވެސް ވަނީ 25،000 ޑޮލަރު ޔުމްނުއަށް ދީފައެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ޔުމްނު ހިމެނޭހެން 9 މީހެއްގެ ފޯނި ހިފަހައްޓާރި މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ
ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.