
ކަސްޓަމުން ބުނީ މިތަކެތި ރާއްޖެއަށް ވަގަށް ވައްދަން މަސައްކަތް ކުރީ ހުޅުމާލޭ ސީކާގޯ ޓާމިނަލް މެދުވެރިކޮށް އިއްޔެ ވަގުތެއްގައި ކަމަށެވެ.
ކަސްޓަމުން ބުނީ މި ސިނގިރޭޓްތައް އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ޕްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅޭކަމަށްް އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައިކަމަށެވެ.
ވަގަށް ވައްދަނިކޮށް އަތުލައިގެން ސިނގިރޭޓްތައް
މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް ނުވަތަ 13،600،000 މިލިއަން ސިނގިރޭޓް ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ.
މި ޝިޕްމަންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު އަތުލައިގަނެވުނު ސިނގިރޭޓަށް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމުން ބުނީ މި މައްސަލަ ތަހުގީގުކުރާނެކަމަށެވެ.
ވަގަށް ވައްދަނިކޮށް އަތުލައިގެން ސިނގިރޭޓްތައް
ދާދީ ފަހުން ކަސްޓަމުން ވަނީ އައްޑޫ ގަން އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ވައްދަން މަސައްކަތްކުރި އެއްލައްކަ ސިނިގިރޭޓް އަތުލައިގެންފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކަސްޓަމުން ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާވެސް ލާފައެވެ.