ads
މިނިސްޓަރު އަމީން
އަމީންގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީން މަޖިލިހަށް
ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ވައްދައިފިއެވެ.
Advertisement

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާ އެކު ކަމަށެވެ.

އެމްޑީޕީން ހުށައެޅި މައްސަލަގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުން ވަނީ ފާހަގަކޮށްފައެވެ  މީގެއިތުރިން ސީސީޓީވީ ކެމެރާ އެ ގޭގައި ހަލާކުވެފައިވާ ކަމަށް ބުނެ ސީސީޓީވީ ފުޓޭޖުތައް ބަލަން ފުލުހުންނަށް ނުދިނުމަކީވެސް  ކަންބޮޑުވުމެއް ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. 

މި ކަންކަމުން އެކަނި ވެސް މަގާމުގެ ނާޖާއިޒު ނުފޫޒު ތަހުގީގަށް އަމީން ފޯރުވާފައިވާ ކަމަށް ބެލެވޭކަމަށް އެމްޑީޕީން ހުށައެޅި މައްސަލަގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް