
މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ދިރާސާކޮށް މާލިއްޔަތު ކޮމެޓީން މިދިޔަ ބުދަ ދުވަހު ފާސްކުރި ރިޕޯޓުގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެކި ކުންފުނިތަކުން 1.4 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ. މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ސަރުކާރަށް ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކަށް އާ މަޝްރޫއުތައް ހަވާލުނުކުރުމަށާއި، އެފަދަ ކުންފުނިތަކަށް މަޝްރޫއުތަކަށް ބިޑްކުރުން ހުއްޓުވޭނެކަން ކަށަވަރުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
މި ގަރާރު ފާސްވުމާއެކު، ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހިފައިވާ ކުންފުނިތަކަށް އާ މަޝްރޫއުތައް ހަވާލުކުރުން ހުއްޓިގެންދާނެއެވެ. މީގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.