ads
ހުސައިން އަމްރު:
ނިޒާމު ރަނގަޅުކުރަން ގާނޫނު އަސާސީ އަލުން ހަދަންޖެހޭ: އަމުރު
ނިޒާމު ރަނގަޅުކުރަން ގާނޫނު އަސާސީ އަލުން ހަދަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި އަދި މިފަހުން އެބުރި އެމްޑީޕީއާއި ގުޅުނު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
Advertisement

އަމްރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަވާބުދާރީވާން މަޖުބޫރުކުރުވާ ވެރިކަމުގެ އޮނިގަނޑެއް އޮންނަންޖެހޭ ކަމަށާއި އެހެންކަމުން ނިޒާމު ރަނގަޅު ކުރުމަށްޓަކާ ގާނޫނު އަސާސީ އަލުން ހަދަންޖެހޭ ކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ މިހާރުގެ ހިންގުމުގެ އޮނިގަނޑު އޮންނަގޮތުން ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލުނަސް ވެރިކަމުގަ ހުރެވޭ ކަމަށެވެ.

މީގެ 16 އަހަރު ކުރިން ގައުމުގެ ހިންގުމުގެ އޮނިގަނޑަށް ދިވެހިން ގެނެސްފައިވާ ބަދަލުތަކަކީ ސަރުކާރާއި ދައުލަތް ހިންގުމުގެ ކަންކަން ކުރަމުން އައިގޮތް ގޯސް ވެގެން ގާނޫނު އަސާސީ ބަދަލުކޮށް ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ގެނެވުނު އިސްލާހުތަކެއް ކަމަށާއި ނަމަވެސް އާ އޮނިގަނޑުން އުފެދުނު މުއައްސަސާތަކުން ރައްޔިތުން ބޭނުންވި ބާއްޖަވެރިކަން، ރައްކާތެރިކަމާ ހިމާޔަތް، އަމާންކަމާއި ސުލްހަ ދިވެހިން ނަށް ނުލިބުމުން މިހާރު ރައްޔިތުން ބޭނުން ވަނީ އަނެއްކާވެސް ދައުލަތާއި ސަރުކާރު ހިންގުމުގެ އާ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ކަމަށް ގިނަ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް މުފައްކިރުން އަންނަނީ މުނަމުން ނެވެ.

މި ނިމުނު 16 އަހަރުގެ ތެރޭގައި ދައުލަތެއްގެ ތެރެއިން އުފެދުނު ބޮޑެތި ސިޔާސީ ކަންތައްތައް ނުވަަތަ ކޯޅުން ތަކުގެ ތެރެއިން އުފަންވި ގާނޫނީ ދެބަސްވުންތަކާއި ހުސްކަމުގެ ތެރެއިން އެމީހުން ނުރުހޭ ކަންކަން އެބަ ހުރި ކަމަށް ގިނަ ރައްޔިތުން ވެސް މިހާރު އަންނަނީ ބުނަމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް