ads
ޑރ. މުހައްމަދު މުނައްވަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ސަން
ރިޔާސީ ކޮމިޝަނުން މާދަމާ ނޫސްވެރިންނާއި ބައްދަލުކުރަނީ
ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ ހަގީގަތް ހޯދަން ރައީސް އެކުލަވާލި ރިޔާސީ ކޮމިޝަނުން މާދަމާ ނޫސްވެރިންނާއި ބައްދަލުކުރަން ނިންމައިފިއެވެ.
Advertisement

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވުމުން އިއްޔެ ވަނީ ކޮމިޝަނަށް ބަދަލި ގެންނަވާ އަލުން ކޮމިޝަން އެކުލަވާލައްވާފައެވެ.

ކޮމިޝަނުން ބާއްވާ ޕްރެސް މާދަމާ އޮންނަ ގަޑ ސާފެއް ނުވެއެވެ. އެހެންނަވެސް ކޮމިޝަންގެ ހުރިހާ މެމްބަރުން ނޫސްވެރިންނާއި ބައްދަލުކޮށް ތަހުގީގު ކުރިޔަށް ގެންދާގޮތް ހާމަކުރަން ނިންމާފައިވާކަން ވަނީ އެނގިފައެވެ. 

ޔުމްނު ވެއްޓުނު މައްސަލަ ބަލަން އަލަށް އެކުލަވާލި ރިޔާސީ ކޮމިޝަން މެމްބަރުން 

  1. ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
  3. ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އާމިނަތު އީނާސް، ހ. ހަބަރު

މި ބަދަލާއިއެކުވެސް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓާނީ ޑރ. މުހައްމަދު މުނައްވަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ. 

21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާކުރަމުން އަންނަތާ 4 ރޭ ވެފައިވެސް ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް