ads
އެމްއެމްއޭ
ފަވަރަގެ ހުރިހާ ހިދުމަތްތަކެއް މެދުކެނޑިއްޖެ
ރާއްޖޭގައި ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފަވަރަގެ ހުރިހާ ހިދުމަތްތަކަށް ބުރޫ އަރާފައިވާކަމަށް އެ ކުންފުނިން މިއަދު އަންގައިފިއެވެ.
Advertisement

މިކަމާ ގުޅިގެން ފަވަރައިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި މައްސަލައަކާ ގުޅިގެން މިވަގުތު ފަވަރަގެ ހުރިހާ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ފަވަރައިން ހާމަކޮށްފައިވެއެވެ. ފަވަރައަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަންފީޒުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ.

ފަވަރަ ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭއިރު ފަވަރަ ރިކުއެސްޓް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގިނަ އަދަދެއްގެ ވިޔަފާރިތަކާއި ފަރުދުން ދުވާލަކު އެތައް މުއާމަލާތެއް ކުރަމުން ގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް