ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް
ކެޕިޓަލް ހަރަދު ދަށްވި ނަމަވެސް ދައުލަތުގެ ބަޖެޓް 1.9 ބިލިއަން ރުފިޔާގެ އަރަނީގައި
ދައުލަތުގެ ބަޖެޓް 1.9 ބިލިއަން ރުފިޔާގެ އަރަނީގައި ހުރިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ އަރަނީގައެވެ. އަދި ބަޖެޓް ޕްރައިމަރީ ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާގެ އަރަނީގައެވެ.

ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 13.6 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން ލޯނު ދެއްކުމަށް 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 931.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ނަމަވެސް، ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދަށްވެފައެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރު ހޭދަކޮށްފައިވަނީ 804.5 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 3.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި 12.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު 9.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 76.3 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 208.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް