ads
ރައީސް ނަޝީދު
ބަންދު ޖެހުމުން ޝިމަން އާއި މަހްޒޫމަށް ނަޝީދު ހިތްވަރު ދެއްވީ ޅެމަކުން
މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދުގެ ބަންދުގެ މުއްދަތު ޖެހުމުން އެ ދެ ޒުވާނުންނަށް ޅެމަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދެއްވައިފިއެވެ.
Advertisement

މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާއަކީ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ މުޒާހަރާއެކެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުންވަނީ ރޭ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، ހައްޔަރުކުރީ ހަމަ އެކަނި އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މި ދެ ޒުވާނުންނަކީ މުޒާހަރާގައި ނަގާކިޔާ ދެ މީހުންނެވެ. މި ދެ މީހުންގެ ބަންދަށް ކޯޓުން 3 ދުވަސް ޖެހިއިރު، ދައުލަތުން އެދުނި އެ ދެ މީހުން 15 ދުވަހަށް ބަންދު ކުރާށެވެ. 

މި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު ޖެހުމުން ރައީސްް މުހައްމަދު ނަޝީދު ވަނީ މި ދެ ޒުވާނުންނަށް ޅެމަކުން ހިތްވަރު ދެއްވާފައެވެ. ނަޝީދުގެ އެކްސްގައި ކުރ ޕޯސްޓެއްގުގައި ލިޔުއްވާފައިވާ ޅެން ބައިތަކީ ހިތްވަރު ހޯދުމަށް އާއްމުކޮށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ޅެން ބައިތެވެ. 

"މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް ވެސް، ފިތުރަތުގެ އުސޫލުން ނިމިދަނީ ފަތިހަށެ އަމުދުން،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މުޒާހަރާގެ ތެރެއަށް ފުލުހުން  ރޭ ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައި އެވެ. ދެ މީހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު، އޮންލައިންކޮށް އޮތް މުއްދަތު މަޖިލީސް ފެށީ މިއަދު މެންދުރު ފަހުއެވެ. ގިނަ އިރުތަކެއް ވަންދެން މުއްދަތު މަޖިލިސް އޮތެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާގައި ވަނީ އެއްވުމުގެ ހުއްދަ ދީފައިވާ ތަންތަން ނޫން ތަންތަނުގައި އެއްވެއްޖެނަމަ ބާރުގެ ބޭނުކޮށް ގެން ރޫޅާލާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް