ads
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
އިންޑިއާ ސިފައިންގެ އަތުގައި ހަތިޔާރެއްނެތް، ތިބީ އުޅަނދުދުއްވަން: ގައްސާން
ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފއިންގެ ގާއިމުވެ ތިބި އިރު އެމީހުން އަތުގައިވެސް އެްވެސް ހަތިޔާރެއް ނެތްކަަމަށާއި އެމީހުން ތިބީ އުޅަނދުތައް ދުއްވަންކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މި ސަރުކާރުން ވެރިކަމަށް އައުމަށް ކުރި އެންމެ ބޮޑު އެއް ކެމްޕެއިންނަކީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބިކަމަށް ދެއްކި ވާހަކައެވެ. އަދި އެމީހުން ެއަތުގައި ހަތިޔާރު ހުރިކަމަށް ބުނެ އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ވަނީ ބައެއް ފޮޓޯތައްވެސް އާއްމުކޮށްފައެވެ.  

އޭރު އިންޑިއާ އައުޓް ކެމްޕެއިންގައި އިސްސަފުގައި އުޅުއްވި މިހާރު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅެފައި ނުވާކަމަށެވެ. 

މިނިސްޓަރު ގައްސާން މައުމޫން މަޖލީހުގައި މިއަދު ވިދާޅުވި ހިސާބުތަކުން ދައްކާގޮތުން އޭރު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 74 މީހުންނެވެ. އަދި އެ އެންމެން ފޮނުވާލާ މަދަނީ މީހުްނ ގެނެސްފައިވާކަމަށް މިއަދުވެސް މިނިސްޓަރު ގައްސާން ވިދާޅުވިއެވެ. 

މިނިސްޓަރު މިއަދު ހާމަކުރެއްވި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލި ގޮތުގެ ތަފްސީލު

  • ހަނިމާދޫން / އޭޕްރިލް 7، 2024ގައި 12 ސިފައިން ފޮނުވާލި
  • ހަނިމާދޫން /  އޭޕްރިލް 9، 2024ގައި 13 ސިފައިން ފޮނުވާލި
  • ލ. ކައްދޫން /  މެއި 7، 2024ގައި 13 ސިފައިން ފޮނުވާލި
  • ލ. ކައްދޫން / މެއި 9، 2024ގައި 12 ސިފައިން ފޮނުވާލި
  • ސ. ގަމުން / މާރިޗު 7، 2024ގައި 12 ސިފައިން ފޮނުވާލި
  • ސ. ގަމުން /  މާރިޗު 9، 2024ގައި 12 ސިފައިން ފޮނުވާލި

މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ތާރީހީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން އެކި ގައުމުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށެވެ. 

ރައީސް މުއިއްޒުގެ މި ވާހަކަތަކާއި ގުޅިގެން މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މިދިޔަ ސަރުކާރުން ހެދި އަސްކަރިއްޔާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ އެއްވެސް ކަމެއް ނެތްކަމަށް އެންމެ ފަހުން ރައީސް މުއިއްޒު އެއްބަސްވެޑައިގެންފިކަމަށާއި އޮޅުވާލި އޮޅުވާލުމަށް އެކަމުގައި  ރައްޔިތުން ކިބައިން މައާފަށް އެދިވަޑައިގަންވަންޖެހޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް