ads
ކުޅުދުއްފުށި ސިޓީ--
ކުޅުދުއްފުށީގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އިތުރުކޮށްފި
ހދ. ކުޅުދުއްދުށީގައި އިއުލާނުކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި އެެވެ.

ކުޅުދުއްފުށީ ޓާސްކް ފޯހުން އެރަށުގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށާއި ހާލަތަށް ރިޔާއަތްކޮށް ކާފިއު ހިންގީ މިމަހުގެ 21 ވީ އަންގާރަ ދުވަހެވެ. މިއަދު 12:00 ގެ ނިޔަލަށް އިއުލާންކުރި ކާފިއުގެ މުއްދަތު ހަމަވެފައިވާއިރު ކުޅުދުއްފުށީ ސިޓީގެ ކާފިއުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މޭ މަހުގެ އެއްވަނަ ދުވަހުގެ 12:00 އަށެވެ. 

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކާފިއު ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކުރެވިފައިވާއިރު ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުޅުދުއްފުށީގައި ކާފިއު އިއިލާނުކުރިއިރު އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް އަރައި ފޭބުން މަނާކޮށްފަ އެވެ. އަދި ހއ. އުލިގަމުން ބައްޔަށް ޕްޒިޓިވްވި މީހަކު ފެނުމާ ގުޅިގެން އުުތުރުގެ ގިނަ ރައްކަތަކެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް