7 ފެށިގެން އުފަންވި މީހުން ދުންފަތް މަނާކުރަން "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް" އިސްލާހު ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅީ މިދިޔަ މަހުގެ 29 ގައެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށައެޅި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު އަޝްރަގު އެވެ.
މި ބިލް ދިރާސާ ކުރަން ވަނީ ވަގުތީ ކޮމެޓީން އެއް އެކުލަވާލާފައެވެ.
އެ ކޮމިޓީގައި ހިމަނޭ މެންބަރުންނަކީ:
ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ސިޔާސަތު އެކުލަވާލަން ކެބިނެޓްގައި މަޝްވަރާކުރުމަށް ފަހު ކެބިނެޓުން ނިންމީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށެވެ.
ރައްޔިތުން މަޖިލިހަށް ހުށައެޅި ބިލުގައިވާ ގޮތުން 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތަކާއި އުފެއްދުން ވިއްކުން މަނާވާނެއެވެ. އަދި އުމުރުން 21 އަހަރު ވެފައިވާ އެއްވެސް މީހަކަށްވެސް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މި ބިލުގައިވާ ގޮތުން މަނާކަމަކަށެވެ. މީގެއިތުރުން އެ އުމުރު ފުރައިގެ އެއްވެސް މީހަކު ދުންފަތް އުފެއްދުމާއި ވިއްކުމުގެ މަރުހަލާގައިވެސް ބައިވެރިކުރުމަކީ މަނާކަމެކެވެ.
ދުންފަތް ވިއްކާ މީހުންގެ ޒިންމާތަކެއް ކަނޑައަޅާ މި ބިލުގައިވަނީ އެ ޒިންމާތައްވެސް ހިމަނާފައެވެ.
ބިލުގައި ހިމަނާފައިވާ ޒިންމާތައް
މި ބިލުގައިވާގޮތުން ދުންފަތް މަނާވާ ޖީލުގެ މީހަކު ދުންފަތް ވިއްކުން ހުއްޓުވުމަށް އަދި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަން ޖެހޭ ކަންކަމުގެ ގަވާއިދެއް މިނިސްޓްރީން ހަދަން ޖެހެއެވެ.
މި ބިލުގައިވާ ގޮތުން މި ބިލް ގާނޫނަކަށް ހަދާ އަމަލުކުރަން ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކަމަށް ދޫކުރާ ހާއްސަ ލައިސެންސް ނަގަން ހެލްތް މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނދުވަހު އަންގާފައެވެ.