ads
ރައްޔިތުންގެ މަޖިލިސް
އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރުން މާދަމާ
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
Advertisement

ޖޭއެސްސީން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ފަނޑިޔާރުކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ހުށައެޅުމުން މަޖލީހުގެ ޖުޑިޝަރީ ކޮމެޓީން ެސް ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ފާސްކޮށްފައެވެ.

ކޮމެޓީން މި ގޮތަށް ފާސްކުރީ ކޮމެޓީގައި ޖަވާބުދާރީވުމަށް އަޒްމިރަލްދާއާއި މަހާޒް އެދިވަޑައިގެންފައިވަނިކޮށް އެ ފުރުސަތު ނުދީ ކޮމެޓީން ސިއްރުން ބާއްވައިގެންނެވެ. ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ކޮމެޓީން ފާސްކުރީ އެ ކޮމެޓީގައި ހިމެނޭ ސަރުކާރު ހިންގާ ޕީއެންސީގެ ހުރިހާ މެމްބަރުންގެ ތާއީދާއެކުއެވެ. 

މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގައި ކުރާ ބަހުސްގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމިޓީގެ ބައްދަލުވުމެއް މިރޭ 9 ޖަހާއިރު ބޭއްވުމަށް ވަނީ ނިންމައިފައެވެ.  

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީގައި ކުރިޔަށް ގެންގިސްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ޖުޑިޝަރީ ކޮމެޓީއާ ހިއްސާކޮށްފައެވެ. އެހެންނަމަވެސް މާދަމާގެ ޖަލްސާއަށް ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ ފިލްޒާ ދެއްވި ލަފައަށް ބެލުމެއް ނެތިއެވެ. 

މީގެ އިތުރުން ފަނޑިޔާރުން ވަކިކުރާތީ އެކަމުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މިއަދު ވަނީ ފާޅުުކޮށްފައެވެ. އެޗްއާރުސީއެމުން މިއަދު ނެރުނު  ބަޔާނެއްގައި ބުނީ ފަނޑިޔާރުން ވަކިކުރަނީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައެއް އެކޯޓުން ބަލަމުންދާތީ އެކަމަށް ނުފޫޒޫ ފޯރުވުމުގެ ބޭނުމުގައިކަމަށް ބެލެވޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް