ads
ފެނަކަ
ފެނަކައިން 646 މުވައްޒަފަކަށް މުސާރައިގެ އިތުރުން 19.5 މިލިއަން ރުފިޔާ
ފެނަކަ ކޯޕަރޭޝަނުން 646 މުވައްޒަފަކަށް އެ މީހުންގެ ރަސްމީ ވަޒީފާގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން 19.5 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން މިއަދު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
Advertisement

މި ފައިސާ ދީފައިވަނީ 2021 އިން 2024 އަށް ކުންފުނީގެ އިންހައުސް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރުމަށް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ފެނަކައިން 2021 އިން 2024 އަށް 80 އިންހައުސް ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔައެވެ. މި ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކަށް ނެގި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް މިދިޔަ އަހަރުގެ ނިޔަލަށް 437 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި މީގެ އިތުރުން، އިންހައުސް މަސައްކަތްތަކަށް ނެގި ބައެއް މުވައްޒަފުންނަށް ދޭންޖެހޭ ވަރަށް ވުރެ 229 މިލިއަން ރުފިޔާ އިތުރަށް ދީފައިވާކަން ވެސް އޮޑިޓުން ހާމަވެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތް ފެށުމަށް ބިން ސާފުކޮށް، ފައުންޑޭޝަން އެޅުމަށް ތައްޔާރުވި ނަމަވެސް، އިތުރު މަސައްކަތެއް ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުރި ކަމަށް ބުނެފައިވެއެވެ. އަދި މަސައްކަތް ނުހިނގާ އޮތް 3 ޕްރޮޖެކްޓަކަށް ނެގި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް 2024 ވަނަ އަހަރުގެ ނިޔަލަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، 37 މުވައްޒަފަކަށް މުސާރައާއި އިނާޔަތް ދީފައިވަނީ އެއް މަހެއްގެ ތެރޭ ދެ ޕްރޮޖެކްޓެއްގެ މުސާރަ ޝީޓުގައި ހިމަނައިގެން ކަމަށް ވެސް އޮޑިޓުން ހާމަވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް