ads
ޕީއެންސީގެ ރައީސް:އަބްދުރަޙީމް އަބްދުﷲ
ވޯސްޓް ސިނޭރިއޯގައި އަމަލުކުރާނެ ޕްލޭނެއް ސަރުކާރަކަށް ނުހެދުނު: އަދުރޭ
ކޮވިޑް-19ގެ ވޯސްޓް ސިނޭރިއޯ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް ސަރުކާރަކަށް ނުހެދުންކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން މި ސަރުކާރު ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވެ އަބްދުރަހީމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވޯސްޓް ސިނާރިއޯ ކޭސްއަށް ސަރުކާރު ތައްޔާރުވިކަމަށް ބުނިނަަމަވެސް އަމަލުން އެކަން ފެނިގެން ނުދާ ކަމަށެވެ. އެހެންކަމުން އަވަސްވީ ގޮތަކުން ރައްޔިތުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް އަބްދުރަޙީމް ވިދާޅުވި އެވެ.

ކޮވިޑް-19 ގުޅިގެން ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން އަންނަނީ އިދިކޮޅު ކޯލިޝަނުން އެކަމަށް އަޑުއުފުލުމުންކަމަށާއި މި ސަރުކާރަށް ކަންކަން ކުރަންވީ ގޮތް ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކަންކަން ހަރުދަނާކަމާއި ދެ ފުސް ފެންނަހެން ބުނެދޭން އިދިކޮޅަށް ޖެހިފައިވާކަމަށް އަބްދުރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

"މި ހާލަތަށް ގައުމު އައިސްގެން މިއުޅެނީކީ އިއްޔެއަކު މިއަދަކު ނޫން އިނގޭތޯ. ކޮރޯނާ ވައިރަސްގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެ ވެއްޓިގެންދަނީ އިގްތިސޯދީ ވަރަށް ފުން ވަޅުގަނޑަކަށް މިކަން އެބަޖެހޭ ގަބޫލުކުރަން. މި އިގްތިސޯދީ ވަޅުގަނޑަކަށް ރާއްޖެ ވެއްޓިގެން މި ދަނީކީ ކޮރޯނާ ވައިރަހާ ގުޅިގެންނެއް ނޫން އެނގޭތޯ. މިއަދު އެބޭފުޅުން ކޮރޯނާ ވައިރަސްއާ ގުޅުވަނީ. މި ސަރުކާރު އައިސް ތަނެއް ދޮރެއް ނުބަލައިނުލާ ސަރުކާރު އައިސް ރުފިޔާތައް ބަހަންފެށީ " އަބްދުރަހީމް ވިދާޅުވި އެވެ.

އަބްދުރަހީމް ވިދާޅުވީ ކޮވިޑް-19 އަށް ސަރުކާރުން ތައްޔާރު ނުވާކަން ސާބިތުވާކަމަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީ މެމްބަރުން އެ ބައްޔާ ގުޅިގެން ކުރަން ނުޖެހޭނެކަމަށް ބުނި ހުރިހާކަމެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގުޅިގެން އިގްތިސޯދު ހަމައަކަށް އެޅުވުމަށް ފައިސާ ޖެހުމަކީ އިގްތިސޯދު ފުނޑާލުންކަމަށް އަބްދުރަހީމް ވިދާޅުވި އެވެ. އަދި ތިން މަހުން ފައިސާ ޗާޕުކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދިނުމަކީ މޮޔައެއް އަތަށް ކަނޑިއެއް ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

" މި ފައިސާ ޗާޕު ކުރުމުގެ ނަތިއްޖާއަކަށް ވެގެންދާނީ ދިވެހިރާއްޖޭގެ ފައިސާގެ އަގު ވެއްޓިގެން ދިއުން. ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވެގެން ދިއުން. ދިވެހި ރާއްޖޭގެ އިންފިއުލެންސަން ރޭޓު ނުހިފެހެއްޓޭ ދަރަޖައަށް އުފުލިގެން ދިއުން. މި ނޫން އެއްކަމެއްވެސް މިއަކުން ނުވާނެ. މިކަމުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. އަބްދުރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިގްތިސޯދީ ހީނަރުކަމުން އަރައިގަނެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިވުމަށް ތައަރަފްކުރި ސްޓިއުމަލްސް ޕްކޭޖުގެ ވާނުވާއެއް ނޭނގޭ ކަމަށެވެ. އަދި އެ ޕްކޭޖު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއްވެސް ނެތްކަމަށް އަބްދުރަހީމް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް