ads
ރިޒްގިން---
ގުރުއާނުން ހިތަށް ލިބުނު ފިނިކަމާއެކު ރަޖާނީ އިސްލާމް ވެއްޖެ
ނޭޕާލަށް ނިސްބަތްވާ ރަޖާނީ ޝްރެސްތާ އިސްލާމް ވެއްޖެ އެވެ.

ރަޖާނީ އަކީ އޭނާ އުފަން ވަޒަނުގައި އޭނާ ހިންގަމުން އަންނަ، "ހޭންޑް އިން ހޭންޑް" ފައުންޑޭޝަނަށް ފައިސާ ހޯދައި ނިކަމެތިންނަށް އެހީވުމަށް ރާއްޖެ އައިސްފައިވާ ޒުވާނެކެވެ.

ރަޖާނީ އިސްލާމިކްވިކަން ފޭސްބުކް މެދުވެރިކޮށް ރަޖާނީ އަންގާފައިވާއިރު އޭނާއަށް މިހާރު ކިޔަނީ އައިޝަތު ރިޒްގިން އެވެ.

ރިޒްގިން ބުނި ގޮތުގައި އޭނާ ފުރަތަމަ އިސްލާމްވާކަށް ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގުރުއާން ކިޔަވަން ފެށިކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ހިތަށް ހިތްހަމަ ޖެހުން ލިބޭތީ މަސައްކަތް ކުރާ ވަގުތު ގުރުއާން އަޑުއަހާކަމަށް ވެސް އޭނާ ބުނެ އެވެ.

ރިޒްގިން ބުނީ މަޑުމަޑުން އޭނާގެ ހަޔާތުގައި އިސްލާމް ދީން މުހިންމުވާން ފެށި ކަމަށެވެ. އަދި އިތުރަށް އިސްލާމްދީނާ ގުޅޭ ކަންކަން ދަސްކުރަން ފެށިކަމަށް އެނާ ބުންޏެވެ.

ރިޒްގިން ބުނި ގޮތުގައި އޭނަ އިސްލާމް ދީން ދެކެ ލޯބިވާން ފެށީ ރާއްޖެ އައުމަށްފަހު އެވެ. އަދި އިސްލާމުވުމަށް ނިންމާ ފުރަތަމަ ޝަހާދަތް ކިޔާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ކަމަށް އޭނާ ބުންޏެވެ.

މިއީ ރިޒްގިން މުސްލިމްވި ފަހުން އައި ފުރަތަމަ ރޯދަ މަހެވެ. ރިޒްގިން ވަނީ އިސްލާމިކް މިނިސްޓްރީން އޭނާ އަށް ދިން އިސްލާމްވި ކަމުގެ ލިޔުން ފޭސްބުކް ޕޯސްޓުގައި ހިއްސާކޮށްފަ އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް