ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކޮންޓްރޯލާގެ މަގުން ކުއްލިއަކަށް ވަކިކުރި ޝައްމާން
ބިދޭސީ މީހާ އަތުން ހޯދި ފައިސާއިން ޝައްމާން ދެއްކީ ދެ ލޯނު
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމު ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މީހާ އަތުން ހޯދި ފައިސާއިން ދެ ލޯނު ދެއްކިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ،
Advertisement

ޕީޖީ އޮފީހުން ވަނީ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ޕީޖީ އޮފީހުން ވަނީ އުފުލާފައެވެ. އޭގެތެރޭގައި ފޭރުމުގައި ބައިވެރިވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ ހިމެނެއެވެ.

ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޝައްމާން ބިދޭސީ މީހާ އަތުން އަތުލި ފައިސާ އަތުގައި ބެެހެއްޓުމަށް ފަހު، ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން ޝައްމާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދައްކާފައިވާކަމަށެވެ. އެގޮތުން އެއް އެކައުންޓަށް 149،491 ރުފިޔާ އަދި އަނެއް އެކައުންޓެއް 110،345ރ ޖަމާކޮށްފައިވާކަމަށް ޕީޖީގެ ދައުވާގައިވެއެވެ. 

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ އާންމު އުސޫލާ ހިލާފަށް "އިމިގްރޭޝަން ޗެކް" އެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން 500،000 ރުފިޔާ ނެގުމާ ގުޅިގެން ކަމަށެވެ. މީގެ ތެރެއިން 400،000 ރުފިޔާއާ ޝަމްއާން ހަވާލުވެފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

ޕީޖީގެ ދައުވާގައި ވަނީ ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ. އަދި އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާއިން ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެޕީޖީ ވަނީ އެދިފައެވެ. 

މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް