
އެ މަގާމަށް މީހަކު ހޯދަނީ 5-10 އަހަރު ދުވަހުގެ މުއްދަތަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަގާމާ ގުޅުންހުރި ދާއިރާއަކުން 20 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ގާނޫނީ، އިކޮނޮމިކްސް، އެކައުންޓިން ނުވަތަ ބިޒްނަސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެމްއައިއެފްއެސްއޭއަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު މިއަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ. ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ވައުދެކެވެ. ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއްވެސް ވަނީ އުފައްދާފައެވެ.