ads
ޓެލްކޯ އޮފް ދަ އިޔާ އުރީދޫއަށް ލިބުން:
އުރީދޫއަށް ދެ ވަނަ ފަހަރަށް ޓެލެކޮމް އޮފް ދަ އިޔާ އެވޯޑް
އުރީދޫ މޯލްޑިވްސްއިން ވަނީ ދެވަނަ އަހަރު ވެސް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގެ "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑު ހޯދައިފިއެވެ.
Advertisement

އުރޫދޫން ބުނީ 2025 ވަނަ އަހަރުގެ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި މި އެވޯޑު ހޯދައިގެން، އުރީދު މޯލްޑިވްސްއިން ވަނީ ވިދިވިދިގެން ދެވަނަ އަހަރަށްވެސް މި ފަހުރުވެރި ވަނަ ހޯދާފައިވާކަމަށެވެ. 

މި މުބާރާތުގައި ދިރާގު، ޑީއެސްޓީ (ބުރުނައި)، އަދި ބޫޓާން ޓެލެކޮމްގެ ވާދަވެރިކަމާއެކު، އުރީދު މޯލްޑިވްސްއިން ވަނީ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސާވިސަސް، އަދި ރާއްޖޭގެ ޑިޖިޓަލް ވެށި ބަދަލުކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން މި ކާމިޔާބީ ހޯދާފައެވެ. 

5ޖީ ފުޅާކުރުމާއި، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން، އޭއައި-ޕަވަރޑް ޑިޖިޓަލް ތަޖުރިބާތައް، އަދި "ޑިޖިޓަލް މޯލްޑިވްސް" ވިޝަންގެ ދަށުން ކޮމިއުނިޓީއަށް އަމާޒުކޮށްފައިވާ އިނީޝިއޭޓިވްތަކަށް ކުރާ އިންވެސްޓްމަންޓްތަކަށް މި އެވޯޑުން ވަނީ ބަލައިގެންފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހާމަދީ ވިދާޅުވީ، "ވިދިވިދިގެން ދެވަނަ އަހަރަށް މި އެވޯޑު ހޯދުމަކީ އަޅުގަނޑުމެންގެ ޓީމަށް ފަހުރުވެރި ވަގުތެއް އަދި އަޅުގަނޑުމެން އެކްސެލެންސަށް ކުރާ އިލްތިޒާމެއްގެ އިއާދަކުރުމެއް" ކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން ޓެކްނޮލޮޖީ މެދުވެރިކޮށް ޑިޖިޓަލް ޑިވައިޑްތައް ކުޑަކޮށް، ދުވަހުން ދުވަހަށް ކުރާ ތަޖުރިބާތައް ރަނގަޅުކޮށް، އަދި ގައުމީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް