
މިއީ ކުރީ އަހަރު ލިބުނު 902.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 ޕަސަންޓުގެ ކުރިއެރުމެކެވެ.
އޮޑިޓް ރިޕޯޓުން ދައްކާގޮތުން އެމްއޭސީއެލްއަށް މިދިޔަ އަހަރު 8.6 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު އިރު، ހަރަދަށް 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އިދާރީ ހަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 236.4 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
އެހެންނަމަވެސް، މި ސަރުކާރު ހަވާލުވި ފަހުން އެމްއޭސީއެލްއިން ވަނީ "ކޯޕަރޭޓް ބޭނުމަށް" ކަމަށް ބުނެ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ދެ ލޯނު ނަގާފައެވެ. މީގެތެރޭގައި 2023 ޑިސެންބަރުގައި ނެގި 50 މިލިއަން ޑޮލަރާއި 2024 ޖޫންގައި ނެގި 30 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ. ބެލެވޭގޮތުގައި މި ފައިސާ ނަގާފައިވަނީ ސަރުކާރުގެ ބަޖެޓް ސަޕޯޓަށެވެ.
ރިޕޯޓުން ފާހަގަވާގޮތުގައި އެމްއޭސީއެލްއިން މިދިޔަ އަހަރު ސަރުކާރުގެ ޓީބިލްތަކަށް 371.6 މިލިއަން ރުފިޔާ އަދި ދިގު މުއްދަތުގެ ބޮންޑްތަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވެއެވެ.