
ދިވެހި ހައްޖުވެރިން މިނާއިން އަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ސައުދީ ގަޑިން މިރޭ ރޭގަނޑު 9:30 ގައިކަމަށް ހައްޖު މިޝަން އިން ބުނެއެވެ.
މާދަމާ އަކީ އަރަފާތް ދުވަސްކަމަށާއި މޫސުން ލަފާކުރާ ގޮތުގައި މާދަމާ ވަރަށް ހޫނު ގަދަވާނެކަމަށް ދިވެހި ހައްޖު މިޝަން އިން ބުނެއެވެ. އެހެންކަމުން ސައުދީ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ހައްޖު މިޝަން އިން ވަނީ އެދިފައެވެ.
މި އަހަރު ރާއްޖެއިިން ހައްޖަށް ގޮސްފައިވަނީ ރަސްމީ ކޯޓާގެ ގޮތުގައި ލިބޭ 1000 މީހުންނެވެ.
ހައްޖުވެރިން އަރަފާތަށް ދަތުރުކުރަނީ
ދިވެހި ހުރިހާ މިނާއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. ދިވެހި ހައްޖުވެރިން މިނާއަށް އުފުލާފައިވަނީ ޖުމްލަ 21 ބަހުގައެވެ.
ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ހައްޖާޖީން އަރާފާތަށް ވަންނަން ފަށާފައިވާއިރު މާދަމާ އެއްކޮށް އަރަފާތު ޓެންޓްތަކުގައި ތިބުމަށްފަހު އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރުމަށްފަހު މިނާގެ ފޭލިގެތަކަށް ވަންނާނީ އީދު ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުއެވެ.