
އެމެރިކާ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކަކީ އިރާން، އަފްގާނިސްތާން، ޔަމަން، ލީބިއާ، ސޯމާލިއާ، ސޫދާން، މިއަންމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، ގިނީ، އެރިތުރިއާ އަދި ހެއިޓީ އެވެ. މި ގައުމުތަކުގެ ތެރެއިން އިރާނަކީ އެމެރިކާގެ ޓެރަރިޒަމް ލިސްޓްގައި ހިމަނާފައި އޮންނަ ގައުމެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޓްރަމްޕް ވަނީ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އީރާނާ އެކު ހަދާފައިވާ، ގިނަ ގައުމުތައް ބައިވެރިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހު ޓްރަމްޕު ވެސް ވަނީ އީރާނަށް ހަމަލާދޭން ޖެހިއްޖެ ނަމަ އެކަން އިޒްރޭލުގެ ވެސް ބައިވެރިވުމާ އެކު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭން ބޭނުންކުރާނެ އިހުތިޔާރެއް ކަމަށް ވިދާޅުވި އެވެ.
12 ގައުމަކުން އެމެރިކާ އަށް ދަތުތު ކުރުން މަނާކުރުމާ ގުޅިގެން، އެ އުސޫލު ތަންފީޒު ކުރަން ފަށާނީ މި މަހުގެ 9 ން ފެށިގެން ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައި އެވެ.
ޓްރަމްޕް ވިދާޅުވީ މިގޮތަށް ނިންމީ ކޮލޮރާޑޯގައި ޔަހޫދީންގެ މުޒާހަރާއަކަށް ދިން ހަމަލާއާ ގުޅިގެން ކަމަށެވެ. އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި އެއީ ގާނޫނާ ހިލާފަށް އެ ގައުމުގައި އުޅޭ މީހަކު ދިން ހަމަލާއެކެވެ.
ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަން މިފަހުން ވަނީ އެމެރިކާގައި ކިޔެވުމަށްދާ ދަރިވަރުންނަށް ވިސާ ހޯދަން އެދޭ އެޕޮއިންޓްމަންޓްތައް ދިނުން ވެސް ހުއްޓާލާފައެވެ.
- އިތުރަށް ކިޔާލަން: ބޭރުގެ ދަރިވަރުންނަށް ވިސާ ދިނުން އެމެރިކާއިން މެދުކަނޑާލައިފި